މަސައްކަތް
ނަންބަރު: (IUL)268/2024/51
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:02
ސުންގަޑި: 28 އޮކްޓޫބަރު 2024 13:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު (މިއިދާރާއިން ދޭ ނަމޫނާއާ އެއްގޮތަށް ޕްލާސްޓިކް ބޯޑުތަކެއް ހަދައި ސަޕްލައިކުރުން)

މިއިދާރާގެ ނަންބަރު (IUL)268/2024/49އާ ގުޅިގެން ހުށައަޅާފައިވާ ކޯޓޭޝަން އަގުބޮޑުކަމަށް ފެންނާތީ، މިއިދާރާއިން ފޯރުކޮށްދޭ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި ޕްލާސްޓިކް ބޯޑުތަކެއް ހަދައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ބޯޑުތަކުގެ ނަމޫނާ އިއުލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 އޮކްޓޯބަރ 2024ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ނޭކުރެންދޫ ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ [email protected]  އަށް އީމެއިލް މެދުވެރިކޮށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާއިރު ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.

  • ބޯޑުގެ ލިޔެފައި ހުންނަބައި ހަދަންވާނީ 4 އެމްއެމް ބޯމިނުގެ ޕްލާސްޓިކް ޝީޓަށް ޕްރިންޓް ކޮށްގެންނެވެ. (ލިޔުންކޮޅު ހުންނަންވާނީ ހުދުކުލައިންނެވެ. ބެކްގްރައުންޑް ހުންނަންވާނީ ކަޅުކުލައިންނެވެ.)
  • ބޯޑުތަކުގެ ސައިޒު ހުންނަންވާނީ 2ފޫޓް ފުޅާ 4ފޫޓް ދިގުމިނުގައެވެ.
  • މަސައްކަތަކަށް ކަނޑައަޅާ އަގު އެނގޭނެގޮތަށް ތަފްސީލާއިއެކު ހުށަހަޅަން ވާނެއެވެ.
  • މަސައްކަތަށް ހޭދަވާނޭ މުއްދަތު ބަޔާންކުރަންވާނެއެވެ.
  • އަގު ހުށައަޅަންވާނީ ކައުންސިލް އިދާރާއާ ހަމައަށް ތަކެތި ފޯރުކޮށްދިނުމުގެ އަގެވެ.
  • ބީލަން ހުށަހަޅާ ފޯމު )އަންދާސީ ހިސާބު/ކޯޓޭޝަން( ހުށަހަޅަންވާނެއެވެ.
  • ކުންފުނި/ޕާޓްނާޝިޕް/ކޯޕަރޭޓިވް ސޮސައިޓީ/އަމިއްލަފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހެޅުން
  • ޖީއެސްޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (ޖީއެސްޓީ ރަޖިސްޓަރީ ކޮށްފައިވާނަމަ) ހުށަހެޅުން

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18 ) އަދި (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.

  • އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
  • ގުލްސަންޕާގޯޅި، ހދ.ނޭކުރެންދޫ ، ދިވެހިރާއްޖެ
  • ފޯން: 6520042
  • އީމެއިލް: [email protected]  

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

20 އޮކްޓޫބަރު 2024