ޢާންމު މަޢުލޫމާތު
ނަންބަރު: GS208-C/2024/21
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި: 15 ނޮވެންބަރު 2024 00:00
ހުވަދޫ ސްކޫލް، ގދ.ފަ ރެސްމާތޮޑާ
ދިވެހިރާއްޖެ
2025 ވަނަ ދިރާސީ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ

     ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލު ކުރުމުގައި 2025 ވަނަ އަހަރު އަމަލު ކުރާނެ އުސޫލުގެ ދަށުން،  ހުވަދޫ ސްކޫލްގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1  އަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

     ވީމާ، މިގްރޭޑްތަކަށް ދަރިވަރުން ވައްދަން ބޭނުންވާ ބެލެނިވެރިން 15 ނޮވެމްބަރ 2024 ގެ ނިޔަލަށް މި އިއުލާނުގައިވާ ލިންކް މެދުވެރިކޮށް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ.

 

ލިންކް: https://forms.gle/DvVecB6XLyiSr4qe8

* އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ، އަދި ގްރޭޑް 1 އަށް ވައްދާނީ ނުވަތަ އެއްސްކޫލުން އަނެއް ސްކޫލަށް ބަދަލު ކުރާނީ ތިރީގައިވާ ތާވަލުގައިވާ ގޮތަށް ޢުމުރު ހަމަވާ ކުދިންނެވެ.

ގްރޭޑް

2025 ވަނަ އަހަރު ސްކޫލަށް ކުދިން ވައްދާ އުމުރުފެރާ

އެލް. ކޭ. ޖީ

2024 ޑިސެމްބަރ 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން

ޔޫ. ކޭ. ޖީ

2024 ޑިސެމްބަރ 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން އަދި، 2024 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2025 ދިރާސީ އަހަރު (06 އެޕްރީލް 2025 ގައި ފެށޭ) ޔޫ.ކޭ.ޖީ އަށް ބަދަލު ކުރެވޭނެއެވެ.

ގްރޭޑް 1

2024 ޑިސެމްބަރ 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން އަދި، ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2025 ދިރާސީ އަހަރު (06 އެޕްރީލް 2025 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރެވޭނެއެވެ.

 ވީމާ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރަމެވެ. 

20 އޮކްޓޫބަރު 2024