ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)312-F N/312/2024/68
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 09:28
ސުންގަޑި: 28 އޮކްޓޫބަރު 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ ކައުންސިލް އެސިސްޓެންޓް (ވޭޖް އެމްޕްލޯއީމަންޓް)

ވަޒީފާގެ ފުރުސަތު

 

ތިރީގައި މިވާ މަޤާމަށް ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މިކައުންސިލް އިދާރާގެ ބެލުމުގެދަށުގައިވާ މިރަށު މިސްކިތްތަކަށް އެކި ދުވަސްވަރު ވަގުތީ މަސައްކަތު މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

މަޤާމް

ވަގުތީ ކައުންސިލް އެސިސްޓެންޓް (ވޭޖް އެމްޕްލޯއީމަންޓް)

އޮފީސް / އިދާރާ

މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަސް ކައުންސިލްގެ އިދާރާ

ސެކްޝަން

އިކޮނޮމިކް، ސޯޝިއަލް، މުނިސިޕަލް، އެންޑް ޕްރޮޖެކްޓްސް ސެކްޝަން

މަސައްކަތް ކުރަން ޖެހޭނެތަން

މިސްކިތްތައް

މަސައްކަތު ގަޑި

ދުވާލަކު 06 ގަޑިއިރު މަސައްކަތް ކުރާގޮތަށް، ބަހާލައިގެން ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓް ހިމަނައިގެން

އުޖޫރަ

ގަޑިއިރަކަށް 45 ރުފިޔާ

ބޭނުންވާ އަދަދު

08 މުވައްޒަފުން

ހުށަހަޅަން ޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ކިނޮޅަހު ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެ އެވެ.)
  2. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަށު ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ކަނޑައަޅާ މިސްކިތެއްގައި އިމާމު / މުދިމް އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން
  2. ރަށުކައުންސިލުން އިންތިޒާމުކުރާ ގޮތެއްގެ މަތިން މިސްކިތް ފޮޅާ ސާފުކުރުމާއި ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެންހުންނަ މަގުތަކުގައި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގައި މިސްކތާވީފަޅި ކުނިކެހުމާއި ވިނަ ނޮޅުމާޢި ކުނި އުކާލުމުގެ މަސައްކަތް ކުރުން ( މީގެތެރޭގައި މިސްކިތުގެ ގޯތިތެރޭގައި ހުންނަ ޤަބުރުސްތާނުތައް ނުހިމެނޭނެއެވެ.)
  3. މިސްކތުގެ ވަޅުދިޔަހިއްކާ ސާފުކުރުން.
  4. އިމާމު / މުދިމް އަންގާ ގޮތެއްގެ މަތިން ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރިލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ، ކަބަޑުތައް ފޮޅާ ސާފުކުރުން. އަދި ހޮޅިބުރިތަކާއި ފަންކާތައް އޮފީހުން ހަމަޖައްސާއުޞޫލަކުން ދިއްލުމާއި ނިއްވުން.
  5. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާއިދުން / މުދިމު އިމާމު އަށާއި ރަށުކައުންސިލަށް އަންގަމުން ގެންދިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖްރިބާ
  2. އިންޓަވިއު

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

28 އޮކްޓޯބަރ 2024 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 13:00  ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ އަށެވެ. ނުވަތަ އީމެއިލް [email protected]  އަށެވެ. މެއިލްއަށް ފޮނުވާ ލިޔެކިޔުންތައް ސާފުކޮށް ކިޔަން އިނގޭނެހެން ސްކޭންކުރުމަށް ހަނދާންކޮށްދެމެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. 

 

އިންޓަވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ ބޭނުންވާ ޢަދަދަށްވުރެ އިތުރަށް ކުރިމަތިލާފައިވާނަމައެވެ. އެގޮތުން ބޭއްވޭ އިންޓަވިއު އޮންނާނީ 2024 ނޮވެމްބަރ 04 އާ 07 އާ ދެމެދު،  ރ. ކިނޮޅަހު ކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 4000312 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

 

17 ރަބީއުލްއާޙިރު 1446

20 އޮކްޓޯބަރ 2024

 

                                                           

20 އޮކްޓޫބަރު 2024