ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2024/102
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި: 31 އޮކްޓޫބަރު 2024 14:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާ ބެހޭ

ރުއްގަހުގެ ވެރިފަރާތް ހޯދުމާ ބެހޭ

 ކިނބިދޫ ވައިލެޓްމަގުގެ އިރުމަތީފަރާތު ހޭޅިފަށުން ފެށިގެން  ހަންޑިދުއްމަގުގެ އިރުމަތީފަރާތު ހޭޅި ފަށުގައި ކަޅު ސްޕްރޭ ދަވާދުން 01 ނަމްބަރުން ފެށިގެން 106 ނަމްބަރާ ހަމަށް ނަމްބަރު ޖަހާފައި ހުރި ރުއްތަކަކީ ބިންހިއްކުމުގެ މަސައްކަތްކުރުމުގެ ތެރޭގައި ރަށުގެ ހޭޅިފަށުގެ ގާގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ހައިމާކުން ކުރާއިރު، މިރުއްތައް ހުރުމުން މަސައްކަތް ކުރުމަށް ދަތިވާ ރުއްތަކަކަށްވާތީ ރުކުގެ ވެރިފަރާތަށް ބަދަލުދީ ކަނޑަން ބޭނުންވާ ރުއްތަކެކެވެ.

 ވީމާ، ދެންނެވުނު ރުއްތަކުގެ ވެރިފަރާތުން  އެފަރާތެއްގެ ރުކުގައި މި އިދާރާއިން ޖަހާފައިވާ ކަނޑާ ނަމްބަރާއި، އެގެއަކަށް ކައުންސިލުން ދީފައިވާ އެރުކުގެ ރަޖިސްޓަރީ ނަމްބަރު އެނގޭނެ ގޮތަށް، 31 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 2:00 ގެ ކުރިން ރަސްމީ ގަޑީގައި މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެއްރުކަކަށް 1 ފަރާތަށްވުރެ ގިނަ ފަރާތުން ހުށަހަޅުއްވައިފިނަމަ ވެރިފަރާތް ނިންމާނީ  އެފަރާތްތަކުގެމެދުގައި މަޝްވަރާ ކުރުމަށް ފަހުގައެވެ. މިގޮތުން ނުނިމިއްޖެނަމަ ދެން ނިންމާނީ ޝަރުޢީ ނިޒާމުގެ ތެރެއިން ކަމުގައިވެސް ދެންނެވީމެވެ.  

 މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

 16 ރަބީޢުލްއާޚިރު 1446

19 އޮކްޓޯބަރ  2024މ

19 އޮކްޓޫބަރު 2024