ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)374-A/374/2024/54
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 10:42
ސުންގަޑި: 17 އޮކްޓޫބަރު 2024 12:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ ކައުންސިލް އޮފިސަރ މަޤާމަށް މުވައްޒަފަކު ހޯދުން

މި އިޢުލާންވަނީ 20 އޮކްޓޫބަރު 2024 11:51 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާނު

މަޤާމު:

ސީނިއަރ ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-388774

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ / ފ. ނިލަންދޫ

މުސާރަ:

މަހަކު 6,295/- ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/- ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސް ފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އަދި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ.
  4. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 900/- ރުފިޔާ ލިބޭނެއެވެ.
  5. ސްޕްޝިއަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ގެމެން ޕޯޓަލްގެ ތެރެއިން ބެލެހެއްޓުމާއި ރަށުގެ ތަފާސް ހިސާބު ނަގައި ބެލެހެއްޓުމާއި ރަށުގެ ރަޖިސްޓްރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި ރަށްވެހިނުވެ ދިރިއުޅެމުންދާ މީހުންގެ ދަފްތަރު ލިޔެ ބެލެހެއްޓުމާއެކު ޤައުމީ އިދާރާތަކުން ކަނޑައަޅާ ގޮތުގެ މަތިން އެމަޢުލޫމާތު އެއިދާރާއަކަށް ފޮނުވުމުގައި ތިރީގައިވާ ގޮތުގެމަތިން ކަންކަން ކުރުން.

ހ. އަލަށް އުފަންވާކުދިންގެ ފޫޅުމާ ފޯމު ހުށަހެޅުމުން އުފަންދުވަހުގެ ސެޓްފިކެޓް އަދި ރަޖިސްޓްރީ ހެއްދުމަށް އެދޭ ފޯމް ދޫކުރުން.

ށ. އުފަންދުވަހުގެ ރަޖިސްޓްރީއާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށްއެދޭ ފޯމް ފުރިހަމަކޮށް ހުށަހެޅުމުން އުފަންދުވަހުގެ ސެޓްފިކެޓާއި ރަޖިސްޓްރީ ހެއްދުމަށްޓަކައި ލަސްވެގެން ރަސްމީ 01 ގަޑީއިރުގެތެރޭގައި ގެމެން ޕޯޓަލްގެ ތެރެއިން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނަށް ހުށަހެޅުން.

ނ. ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން  އުފަންދުވަހުގެ ސެޓްފިކެޓާއި ރަޖިސްޓްރީ ހައްދައި ފޮނުވުމުން އެލިޔުންތަކުގެ އަޞްލު ވެރިފަރާތާ ލަސްވެގެން ރަސްމީ 1 ދުވަހުގެ ތެރޭގައި ޙަވާލުކޮށް ކޮޕީ ފަސޭހައިން ފެންނާނޭހެން ތަރުތީބުން ފައިލްކުރުން.

ރ. ނިލަންދޫގެ ރަށްވެއްސެއްނަމަ ވިހާމަރުވާއާއި، ގޭގޭގެ މީހުންގެ ރަޖިސްޓްރީއާއި، އާބާދީގެ ޑާޓާ ބޭހުގެ އިތުރުން ގެމެން ޕޯޓަލްގެ ގޭގޭގެ ރަޖިސްޓްރީއަށް އަރުވައި ގޭގޭގެ މީހުންގެ ރަޖިސްޓްރީގެ ކޮޕީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނާއި އަތޮޅު ކައުންސިލަށް ފޮނުވައި ލިބުނުކަން ކަށަވަރުކުރުމާއެކު މައްސަލަ ތަރުތީބުން ފައިލް ކުރުން.

ބ. ނިލަންދޫގައި އުފަންވާ ކުދިންގެ ރަޖިސްޓްރީ ހެއްދުމަށްފަހު އެމަޢުލޫމާތު ލަސްވެގެން ރަސްމީ 01 ދުވަހުގެ ތެރޭގައި އުފަންވާ ކުދިންގެ ރެކޯޑު ބަލަހައްޓާފޮތަށް އަރުވައި އަދި ގެމެން ޕޯޓަލްގެ ތެރެއިން އަދާހަމަކުރުން.

ޅ. ނިލަންދޫގައި މަރުވާ ކުދިންނާއި މީހުންގެ މަރުސާބިތު ކުރިކަމުގެ ލިޔުން ލިބުމުން އެމަޢުލޫމާތު ލަސްވެގެން ރަސްމީ 01 ދުވަހުގެ ތެރޭގައި ގޭގޭގެ މީހުންގެ ރަޖިސްޓްރީން އަދި ގެމެން ޕޯޓަލްގެ ގޭގޭގެ މީހުންގެ ރަޖިސްޓްރީން އުނިކޮށް މަރުވާ މީހުންގެ ރެކޯޑު ބަލަހައްޓާ ފޮތަށް ނަގައި އެމަޢުލޫމާތު ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނާއި އަތޮޅު ކައުންސިލަށް ފޮނުވައި ލިބުނުކަން ކަށަވަރުކުރުމާއެކު މައްސަލަ ތަރުތީބުން ފައިލް ކުރުން.

  1. ހަލާކުވެގެން ނުވަތަ ގެއްލިގެން އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން ހުށަހަޅައިފިނަމަ ލަސްވެގެން ރަސްމީ 01 ދުވަހުގެ ތެރޭގައި ލިޔެކިޔުންތައް ގެމެންޕޯޓަލްގެ ތެރެއިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނަށް ހުށަހަޅައި އުފަންދުވަހުގެ ސެޓްފިކެޓް ލިބުމުން އަޞްލު ވެރިފަރާތާއި ޙަވާލުކޮށް، ކޮޕީ ފަސޭހައިން ފެންނާނެހެން ތަރުތީބުން ފައިލް ކުރުން.
  2. ނަން ބަދަލުކުރަން ހުށަހެޅުމުން ތިރީގައިވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

ހ. ޢުމުރުން 10 އަހަރުން ދަށުގެ ކުދިންގެ ނަން ބަދަލުކުރަން ހުށަހެޅުމުން ނަން ބަދަލުކުރަން ހުށަހަޅާ ސަބަބަށް  ބެލުމަށްފަހު ބަދަލުކުރަން ހުށަހަޅާ ނަމަކީ ރަނގަޅު ނަމެއްނަމަ ހުށަހަޅާ ފުރަތަމަ ފަހަރު ލަސްވެގެން ރަސްމީ 05 ދުވަހުގެ ތެރޭގައި ނަން ބަދަލުކުރުމަށް ގެމެންޕޯޓަލްގެ ތެރެއިން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނަށް ހުށަހަޅައި، އުފަންދުވަހުގެ ރަޖިސްޓްރީއާއި އުފަންދުވަހުގެ ސެޓްފިކެޓް ލިބުމުން އެލިޔުންތަކުގެ އަޞްލު ވެރިފަރާތާ ޙަވާލުކޮށް، އެމަޢުލޫމާތު ގޭގޭގެ މީހުންގެ ރަޖިސްޓްރީއާއި، އާބާދީގެ ޑާޓާ ބޭހަށް އަރުވައި އަދި ގެމެންޕޯޓަލްގެ ތެރެއިން އަދާހަަމަކޮށް ގޭގޭގެ މީހުންގެ ރަޖިސްޓްރީގެ ކޮޕީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނާއި އަތޮޅު ކައުންސިލަށް ފޮނުވައި ލިބުނުކަން ކަށަވަރުކުރުމާއެކު މައްސަލަ ތަރުތީބުން ފައިލް ކުރުން.

ށ. 10 އަހަރުން މަތީގެ ކުއްޖަކު ނުވަތަ މީހަކު ނަން ބަދަލުކުރަން ހުށަހަޅައިފިނަމަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންފުރާ ނަންބަދަލުކުރާ ފޯމް ފުރިހަމަ ކުރުމަށްފަހު ނަން ބަދަލުކުރުމުން ނުކުންނާނޭ މައްސަލައެއް ނެތްނަމަ ކައުންސިލުން ކަނޑައަޅާ ފީ އެއް ދެއްކުމުން ގެމެންޕޯޓަލްގެ ތެރެއިން ނަން ބަދަލުކުރުމަށް ހުށަހަޅައި، ނަން ބަދަލުކޮށް އުފަންދުވަހުގެ ރަޖިސްޓްރީއާއި އުފަންދުވަހުގެ ސެޓްފިކެޓް ލިބުމުން އެލިޔުންތަކުގެ އަޞްލު ވެރިފަރާތާ ޙަވާލުކޮށް، އެމަޢުލޫމާތު ގޭގޭގެ މީހުންގެ ރަޖިސްޓްރީއާއި، އާބާދީގެ ޑާޓާ ބޭހަށް އަރުވައި އަދި ގެމެންޕޯޓަލްގެ ތެރެއިން އަދާހަމަކޮށް ގޭގޭގެ މީހުންގެ ރަޖިސްޓްރީގެ ކޮޕީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނާއި އަތޮޅު ކައުންސިލަށް ފޮނުވައި ލިބުނުކަން ކަށަވަރުކުރުމާއެކު މައްސަލަ ތަރުތީބުން ފައިލް ކުރުން.

  1. އެއްގެއިން އަނެއްގެއަށް ރަޖިސްޓްރީ ބަދަލުވުމަށް އެދި ހުށަހެޅުމުން ލަސްވެގެން ރަސްމީ 03 ދުވަހުގެ ތެރޭގައި ކުރިން ރަޖިސްޓްރީކޮށްފައިވާ ގެއިން އުނިކޮށް އަލަށް ބަދަލުވާ ގޭގޭގެ މީހުންގެ ރަޖިސްޓްރީއަށް އިތުރުކޮށް އަދި ގެމެން ޕޯޓަލްއިން އަދާހަމަކޮށް އެމަޢުލޫމާތު އަތޮޅުކައުންސިލްގެ އިދާރާއަށާއި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނަށާއި ހުށަހެޅި ފަރާތަށް މަޢުލޫމާތު ފޮނުވައި ލިބުނުކަން ކަށަވަރުކޮށް ފަސޭހައިން ފެންނާނޭހެން ތަރުތީބުން ފައިލް ކުރުން.
  2. ރަށްވެހިކަން ބަދަލުކުރުމަށް އެދޭ މީހަކު ފޯމު ފުރިހަމަކޮށް ހުށަހެޅުމުން ރަށްވެހިކަން ބަދަލުކުރުމުގެ ޤާނޫނާއި ގަވައިދާ އެއްގޮތަށް މަޢުލޫމާތު ބަދަލުކުރަންޖެހޭ އިދާރާތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކޮށް ރަށްވެހިކަން ބަދަލުކުރުމާއެކު ގޭގޭގެ މީހުންގެ ރަޖިސްޓްރީ ފުރިހަމަކޮށް އަދި ގެމެންޕޯޓަލް އަދާހަމަކޮށް އެމަޢުލޫމާތު އަތޮޅު ކައުންސިލަށް ފޮނުވައި ލިބުނުކަން ކަށަވަރުކުރުން. އަދި އެކަމާބެހޭ ލިޔެކިޔުންތައް ފަސޭހައިން ފެންނާނޭހެން ތަރުތީބުން ފައިލްކުރުން.
  3. ރަށުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ވުނަ ޕޯޓަލް އަދި ނާރެސް ޕޯޓަލްގެ ތެރެއިން (ބިދޭސީން ގެންގުޅޭ ދިވެހި ފަރާތްތައް އެގޭގޮތަށް) ލިޔެ ބެލެހެއްޓުން.
  4. އައިޑެންޓިޓީ ކާޑު ހެއްދުމާބެހޭ އެންމެހައި ކަންތައްތައް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ކަނޑައަޅާ އުޞޫލުތަކާއި، މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުން. އަދި އައިޑީކާޑު ހެއްދުމަށް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ފުރިހަމަކޮށް ދުވަހުން ދުވަހަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް އީމެއިލުން ފޮނުވައި ލިބުނުކަން ކަށަވަރުކުރުން. އަދި ކާޑުތައް ލިބުމުން ކާޑާ ޙަވާލުވުމަށް، ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ކާޑުގެ ވެރިފަރާތަށް، ނުވަތަ އެކަމުގެ ޒިންމާވާ ފަރާތަށް އެންގުން.
  5. ހަމަޖެހިފައިވާ އުޞޫލުން އިދާރާ ހުޅުވައި ލެއްޕުން.
  6. ރަށުގެ މަގު ގޯޅިތަކާއި، ޕާކުފަދަ ޢާންމުތަންތަނަށް ކިޔާނެ ނަން ކައުންސިލުން ފާސްކުރާތާ ލަސްވެގެން ރަސްމީ 3 ދުވަހުގެ ތެރޭގައި އެތަންތަނުގެ ނަންބޯޑު ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. އަދި ނަންބޯޑު ނުވަތަ ނަންބޯޑުތައް ލިބުމުން ލަސްވެގެން ރަސްމީ 3 ދުވަހުގެ ތެރޭގައި ބޯޑު ހަރުކުރުމުގެ މަސައްކަތް ކުރުން.
  7. ޤަވާޢިދު ނަމްބަރު: 2014/R-105 (ވަގުތީގޮތުން މަގު ބަންދުކުރުމާ ބެހޭ ޤަވާޢިދާއި އުޞޫލު) ގައިވާ ގޮތުގެމަތިން ރަށުގެ މަގާއި، ޕާކުތަކާއި، މައިޒާން ފަދަ ތަންތަން ވަގުތީގޮތުން ބަންދުކޮށްދިނުމަށް އެދި ފޯމު ހުށަހަޅާތާ ލަސްވެގެން 3 ގަޑިއިރުތެރޭގައި ހުއްދަ ދިނުމާއި ބަންދު ބޯޑު ޙަވާލުކުރުން. އަދި ކަމާގުޅޭ ލިޔެކިޔުންތައް ފުރިހަމަކުރުން. އަދި މަތީގައިވާފަދަ ތަނެއް ދާއިމީ ގޮތުން ހުޅުވުމާއި ބަންދުކުރުމަށް ކައުންސިލުން ނިންމެވުމުން ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި އެތަނެއް ބަންދުކުރިކަން ނުވަތަ ހުޅުވިކަން ޢާންމުކޮށް އިޢުލާންކުރުން.
  8. ޤަވާޢިދު ނަމްބަރު: 2014/R-97 (މަގުމަތީގައި އިއުލާނާއި އިޝްތިހާރު ހަރުކުރުމާ ބެހޭ ޤަވާޢިދާއި އުޞޫލު) ގައިވާ ގޮތުގެ މަތިން އިޢުލާނެއް ނުވަތަ އިޝްތިހާރެއް މަގުމަތީގައި ހަރުކުރުމަށް އެދި ހުށަހަޅައިފިނަމަ އެއިޢުލާނު ނުވަތަ އިޝްތިހާރަކީ މަގުމަތީގައި ހަރުކުރުމަށް އެކަށީގެންވާ އެއްޗެއްތޯ ކަށަވަރުކުރުމަށްފަހު ލަސްވެގެން 2 ގަޑިއިރުގެ ތެރޭގައި ތައްގަނޑުޖަހައި އިޢުލާނު ނުވަތަ އިޝްތިހާރު ހުށަހެޅި ފަރާތާ ޙަވާލުކުރުން.
  9. ޤަވާޢިދު ނަމްބަރު: 2014-R-99(އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗިއްސާއި އިންޖީނުނުލާ އެއްޗެތި ދުއްވުމާއި ބޭނުންކުރުމާ ބެހޭ ޤަވާޢިދާއި، މަގުމަގާއި ޢާންމު ތަންތަނުގައި ޕާކުކުރުމާއި ޕާކުކުރުމުގެ ފީ ނެގުމާބެހޭ ޤަވާޢިދާއި އުޞޫލު) ގައިވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި އެއްގަމުގައި ދުއްވާ އިންޖީނުލީ ވެހިކަލްތަކުގެ ދަފްތަރެއް އެކުލަވާލައި އަދާހަމަކުރުން.
  10. ޤަވާޢިދު ނަމްބަރު: 2014/R-102 (ފިހާރަ ފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި ފިހާރައިގެ ދޮރުން ބޭރުގައި މަގުމައްޗަށްވާ ގޮތަށް މުދަލާއި ތަކެތި ބެހެއްޓުމާބެހޭ ޤަވާޢިދާއި އުޞޫލު) އާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު ޤަވާޢިދާއި އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި ތަކުރާރުކޮށް ކުށްކުރާ ފަރާތްތަކުގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުން.
  11. ޤަވާޢިދު ނަމްބަރު: 2014/R-104 (ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާޢިދާއި އުޞޫލު) ގައިވާ ގޮތުގެމަތިން އެފަދަ ތަކެތި ނެގުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ތަކެތި ނެގުމަށް އަންގާ މުއްދަތުގައި ނުނަގާ ހުންނަ ތަކެތި ނަގައި ނައްތާލުން.
  12. ޤަވާޢިދު ނަމްބަރު: 2014/R-106 (މަގުކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ޤަވާޢިދާއި އުޞޫލު) ގައިވާ ގޮތުގެމަތިން މަގުކޮނުމަށް ނުވަތަ މަގުގައި އެއްޗެތި ވަޅުލުމުގެ ހުއްދަ ހޯދުމަށް ހުށަހެޅުމުން ފުރިހަމަކުރަންޖެހޭ އިޖުރާޢުތައް ފުރިހަމަކޮށް ލަސްވެގެން 2 ގަޑިއިރުގެ ތެރޭގައި އެކަމުގެ ހުއްދައާއި ބޯޑު ޙަވާލުކުރުން. އަދި ބޯޑު އަނބުރާ ގެނައުމުން ބޯޑަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބަލައި ގެއްލުމެއް ލިބިފައި ނުވާނަމަ ބޯޑާ ޙަވާލުވެ ރައްކާކުރުން. ބޯޑަށް ގެއްލުމެއް ލިބިފައިވާނަމަ އުޞޫލުގައިވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުއެޅުން.
  13. ޤަވާޢިދު ނަމްބަރު: 2013/R-107 (ގޭގެއިން މަގުހުރަހަށް ދަނޑި، ހޮޅި، ވާ، ޓިނުފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ޤަވާޢިދާއި އުޞޫލު) އާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު ޤަވާޢިދާއި އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި ތަކުރާރުކޮށް ކުށްކުރާ ފަރާތްތަކުގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުން.
  14. މަގުގޯޅިތަކާއި ބަނދަރާއި އިޖުތިމާޢީ ސަރަޙައްދު ތަކުގައި ޖަހާފައިވާ މަގުބައްތިތައް ދިއްލިފައި ހުރޭތޯ ބެލުމުގެ ގޮތުން ރަށް 4 ސަރަޙައްދަކަށް ބަހާލައި ހަފްތާއަކު ސަރަޙައްދެއް ބަލައި ނުދިލޭ ބައްތިތަކުގެ މައުލޫމާތު އަދި އެއްވެސް ބައްތިއެއް ނުދިލި ހުރިކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ އެމަޢުލޫމާތު އަދި ބައްތި ދަނޑިއެއް މަރާމާތު ކުރަން ޖެހިފައިވާނަމަ އެކަންވެސް ޖެހިގެން އަންނަ ރަސްމީ ފުރަތަމަ ދުވަހު ސުޕަވައިޒަރާ ހިއްޞާކުރުން.
  15. މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން ކޮންމެ އަހަރަކު 2 ފަހަރު ރަށުތެރެ ސާފުކުރުމުގެ ޕޮރުގްރާމެއް ދާއިރާތަކާ ގުޅިގެން ހިންގުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އަދާހަމަކުރުން. އަދި ހުވަނީގެ އުދަނގޫވެގެން އާންމު އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅައިފިނަމަ ސުޕަވައިޒަރަށް މަޢުލޫމާތުދީ ކައުންސިލުން ހަމަޖައްސާ އުޞޫލެއްގެ މަތިން ބޭސްޖެހުމުގެ އިންތިޒާމު ހަމަޖެއްސުން. އަދި ގޯތިންބޭރު ސަރަޙައްދު ތަކުގައި ހުވަނި ގިނަވެ އާލާވަމުންދާނަމަ އެކަމުގެ މަޢުލޫމާތު ދިނުމާއި، ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ބޭސްޖެހުމުގެ އިންތިޒާމު ހަމަޖެއްސުން.
  16. ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނޭ، މުނިސިޕަލް ސަރވިސަސް އެންޑް އިންފްރާންސްޓްރަކްޗަރ މެނޭޖްމަންޓް ޔުނިޓާ ގުޅުންހުރި ކަންކަމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  17. މުވައްޒަފުގެ މަސައްކަތާ ގުޅޭގޮތުން ލިޔާ ސިޓީ، މެސެޖު، ފަދަ ތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވައި، މަދުވެގެން ހަފްތާއަކު އެއްފަހަރު ތަރުތީބުން ފައިލްކުރުން.
  18. މުވައްޒަފުގެ މަސައްކަތާ ގުޅޭގޮތުން ލިބޭ ސިޓީ، މެސެޖު، ފަދަ ތަކެތީގެ ތެރެއިން މަޝްވަރާ ނުހޯދައި ޖަވާބުދެވެން ހުންނަ ލިޔުންތަކަށް ލަސްވެގެން 3 ދުވަހުގެ ތެރޭގައި ޖަވާބު ދިނުމާއި، މަޝްވަރާ ހޯދަންޖެހޭ ލިޔުންތައް މަޝްވަރާ ކުރުމަށްޓަކައި ޔުނިޓުގެ ސުޕަވައިޒަރާ ދުވަހުން ދުވަހަށް ހަވާލުކުރުން. އަދި މަޝްވަރާ ލިބުމުން އެފަދަ މައްސަލަތަކަށްވެސް ލަސްވެގެން 3 ދުވަހުގެ ތެރޭގައި ޖަވާބު ދިނުން.
  19. މުވައްޒަފުގެ މަސައްކަތަކާ ގުޅޭގޮތުން އެކި ފަރާތްތަކުން ކައުންސިލަށް ފޮނުވާ ލިޔުންތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ޖަވާބު ހޯދުމަށް ފޮނުވާ ލިޔުންތަކަށް މުއްދަތުގައި ޖަވާބުދިނުން. އަދި ކައުންސިލުން އެކި ފަރާތްތަކަށް ފޮނުވާ ލިޔުންތަކުގެ ތެރެއިން ޖަވާބު ނުލިބި ލަސްވާ ލިޔުންތަކަށް ޖަވާބު ހޯދުމަށް މަދުވެގެން މަހަކު އެއްފަހަރު ލިޔުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޟިލްކޮށްފައިވުން.

 

  1. މަޤާމުގެ ތަޢުލީމީ ރޮނގުތައް:

 މިމަޤާމުގެ ތަޢުލީމީ ރޮނގުތައް ތިރީގައި އެވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

https://www.csc.gov.mv/PostStructure/Index/36

 

3. މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

   އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. އަސާސީ ޝަރުތު ހަމަވުން 30%
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު 5%
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް. 5%
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ. 5%
  5. އެސެސްމަންޓް (އިމްތިހާނު ނުވަތަ ޕްރެކްޓިކަލް) 20%
  6. އިންޓަރވިއު 35%

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 (ފަސްދޮޅަސް) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 އޮކްޓޫބަރު 17 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނު/ޕްރެކްޓިކަލް އޮންނާނީ، 2024 އޮކްޓޫބަރު 22 އާއި 24 އާ ދެމެދު، ފ. ނިލަންދޫ ކައުންސިލްގެ އިދާރާގައެވެ.  

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740016 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމަންޓް އުޞޫލު" (https://csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

10 އޮކްޓޫބަރު 2024