ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)334/334/2024/113
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 21:35
ސުންގަޑި: 24 އޮކްޓޫބަރު 2024 13:00
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - އައި.ޓީ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު

ކ.ހުރާ ކައުންސިލް އިދާރާއަށް އިންފޮމޭޝަން ޓެކްނޮލިޖީއާއި ގުޅޭ އެންމެހާ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މަޤާމް

އައި.ޓީ ޓެކްނީޝަން

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ

މަޤާމް އޮތް އޮފީސް

މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ

މުސާރަ:

100 (ސަތޭކަ) ރުފިޔާ ގަޑި އިރަކަށް

މަސައްކަތް ކުރަންޖެހޭ ދުވަހުގެ އަދަދު

ހަފްތާއަކު 05 (ފަހެއް) ދުވަސް

މަސައްކަތް ކުރަންޖެހޭ ގަޑި އިރު

ދުވާލަކު 04 (ހަތަރެއް) ގަޑިއިރު

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ކައުންސިލްގެ އިދާރާގެ ސެކްޝަންތަކާއި، އިމާރާތްތައް ބެހިފައިވާ ގޮތަށްބަލައި ތަނުގެ ނެޓްވާކް ރިކުއާމަންޓް ހެދުން
  2. ކައުންސިލް އިދާރާގެ ނެޓްވާކަށް ދިމާވާ އެންމެހާ މައްސަލަތައް ބަލައި ހައްލުކުރުމަށް މަސައްކަތް ކުރުން
  3. ކައުންސިލް ހިންގުމުގެ ރިކުއާމަންޓަށް ބަލައިގެން ސާވާތައް އިންސްޓޯލް ކުރުމާއި ކޮންފިގާ ކުރުން
  4. ތަނުގެ ބޭނުމަށާއި ސްޓްރަކްޗާ އަށް ބަލައި، ޑޮމެއިން ސާވާއާއި ފައިލް ސާވާތައް ބަލަހައްޓާ ގެންނަން ޖެހޭ ބަދަލުތައް ގެނައުން
  5. އިދާރާގެ އެޕްލިކޭޝަން ސާވާތައް ބަލަހައްޓާ ބެކަޕްކުރެވޭނޭ ނިޒާމެއް ގާއިމުކޮށް ބެކަޕްތައް ބެލެހެއްޓުން
  6. ބޭނުންޖެހިއްޖެ ހާލަތެއްގައި އިދާރާއިން ބާއްވާ އިވެންޓުތަކުގައި ޓެކްނިކަލް ސަޕޯޓް ދިނުން
  7. ކައުންސިލްގެ ޔުނިޓް ތަކުގައި އެޑްމިނިސްޓްރޭޓީވް ރޯލް އަދާކުރުމާއި ޑޭޓާ މެނޭޖްކޮށް ބެލެހެއްޓުން
  8. އިދާރާގެ އައި.ސީ.ޓީ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އިސްނަގައި މަސައްކަތް ކުރުން
  9. ހުރާ ކައުންސިލްގެ އިދާރާގެ ކޮމްޕިއުޓާ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން
  10. އޮފީހުގެ ބާއްވާ އޮންލައިން މީޓިންތަކާއި ބައްދަލުވުންތަކަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ދިނުން
  11. ކައުންސިލްގެ ޓެކްނޮލޮޖީގެ ކަންކަން ފުރިހަމަގޮތުގައި ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން
  12. ކައުންސިލްގެ ސިޔާސަތުތައް ތަންފީޒުވަމުންދާ މިންވަރު ވަޒަންކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް ބެލެހެއްޓުން
  13. ޕްރޮގްރާމްތައް ޑިޒައިންކޮށް އިންސްޓޯލްކޮށް ހިންގުން
  14. ކައުންސިލް އޮޓޮމޭޓްކޮށް ޑިޖިޓަލްކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން
  15. އައި.ޓީ އިންފްރާސްޓްރަކްޗަރ ރަނގަޅުގޮތުގައި ބެލެހެއްޓުން
  16. ކައުންސިލްގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ކައުންސިލްގެ ރައީސް އާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއެކު އެފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދޭންޖެހޭ ލަފައާއި އިރުޝާދު، ދިނުމާއި އެކަމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުން
  17. ހުރާ ކައުންސިލްގެ ދާއިރާއިން އެނހިނދަކަށް ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  18. ހުރާ ކައުންސިލްގެ ފަރާތުން ބާއްވާ އާންމު ރައްޔިތުންނާ ގުޅުންހުރި އެންމެހައި ބައްދަލުވުންތަކާއި ހަރަކާތްތަކުގައި އައިޓީގެ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވުން
  19. ހުރާ ކައުންސިލް އިދާރާގެ ވެބްސައިޓްގެ އެންމެހާ މަސައްކަތްތަށް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. އައިޓީ އާއި ގުޅޭ ދާއިރާއަކުން ސެޓްފިކެޓް 4 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއި އެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
  2. ދިވެހި އަދި އިނގިރޭސި ބަހުން ފަސޭހަކަމާއެކު މުޢާމަލާތު ކުރަން އެނގުން
  3. ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގުން
  4. ސެކްރެޓޭރިއަލް މަސައްކަތްތަކާއި އިދާރީ މަސައްކަތުގެ ދާއިރާއިން އަމަލީ ތަޖުރިބާ ލިބިފައިވުން
  5. މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ ފަރާތަކަށްވުން
  6. މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ތަޢްލީމް
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޢްލީމް
  3. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  4. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  3. ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ކ.ހުރާ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް          info@[email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮއްނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 31 އޮކްޓޯބަރ 2024 އާ  05 ނޮވެމްބަރ 2024 އާ ދެމެދު  މާލެ އަތޮޅު ހުރާ ކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި ނުވަތަ ގެޒެޓްކޮށް އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640074 އަށެވެ. އީ-މެއިލް ކުރާނީ [email protected]

 

17 އޮކްޓޫބަރު 2024