ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)283-IE/283/2024/70
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 19:51
ސުންގަޑި: 27 ނޮވެންބަރު 2024 14:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ފުނަދޫން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުން

ށ. ފުނަދޫ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ށ. ފުނަދޫއިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލު ފާސްކުރުމަށް 2024 މާރޗް 18ވަނަދުވަހު ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 136ވަނަ އާންމުޖަލްސާއިން ފާސްކޮށް އަދި 16 އޮކްޓޯބަރ 2024 ވަނަ ދުވަހު ބޭއްވި މި ކައުންސިލްގެ4 ވަނަ ދައުރުގެ 161 ވަނަ އާއްމު ޖަލްސާއިން އުސޫލަށް ގެނެވިފައިވާ އިސްލާހުތަކާއެއްގޮތަށް ރަށުގެ ޗާޓުގައި ފާހަގަ ކޮށްފައިވާ ސަރަހައްދުތަކުން ދޫކުރާ 2000 އަކަފޫޓުގެ 90 ގޯއްޗަށް އެދި ފޯމް ފުރިހަމަކޮށް ހުށަހެޅުމުގެ ފުރުޞަތު، އެންމެހާ ފަރާތްތަކަށް އާއްމުކޮށް ހުޅުވާލަމެވެ. މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

ފޯމް ދޫކުރުން

ފޯމް ދޫކުރާނީ: މިއިދާރާގެ ކައުންޓަރުންނެވެ. އަދި ދިވެހި ސަރުކާރުގެ ގެޒެޓްއިން ވެސް ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

ފޯމް ދޫކުރާ ތާރީޚް: 20 އޮކްޓޯބަރ 2024 ވަނަ ދުވަހުންފެށިގެންނެވެ.

ވަގުތު: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00ން 14:00ށް

ފޯމް ބަލައިގަތުން

ފޯމް ބަލައިގަންނާނީ: މިއިދާރާގެ ކައުންޓަރުންނެވެ.

ފޯމް ބަލައިގަތުން އޮންނާނީ:  2024 އޮކްޓޯބަރ 27 ވާ އާދިއްތަ ދުވަހުން ފެށިގެން 27 ނޮވެމްބަރ 2024 ބުދަދުވަހުގެ 14:00ށެވެ.

ވަގުތު: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:00 އިން 14:00ށް

ނޯޓް: މި އިޢުލާނާއި އެކު ތިރީގައިވާ ތަކެތި އެއްކަރުދާސް ކުރެވިފައިވާނެ އެވެ.      

  • ށ. ފުނަދޫން ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލް
  • ށ. ފުނަދޫން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް
  • ގޯތިދޫކުރާ ސަރަހައްދު ދައްކުވައިދޭ ރަށުގެ ޗާޓް
17 އޮކްޓޫބަރު 2024