ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2024/96
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 16:37
ސުންގަޑި: 31 އޮކްޓޫބަރު 2024 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫގައި އިންޑޯ ޖިމެއް ޤާއިމުކޮށް ހިންގާނެ ފަރާތެއް ހޯދުމާ ބެހޭ

ނ. ކެނދިކުޅުދޫގައި އިންޑޯ ޖިމް ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޢިމާރާތް (286-SP01) ވިޔަފާރި ބޭނުމަށް ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ނިންމާފައިވާތީ، މި އިމާރާތް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ތަރައްޤީކޮށް ހިންގަން ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ޢިމާރާތް ކުއްޔަށް ހިފާ ފަރާތުން، އިމާރާތުގެ އާބާތުރަ ފިލުވާ، ރަށުގެ އާންމު ރައްޔިތުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، މި ޢިމާރާތުގައި ޖިމެއް ޤާއިމުކޮށް ހިންގުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި މި އިދާރާއިން ކަނޑައަޅާފައިވާ ކަމެކެވެ.

މި އިޢުލާނަށް ބީލަން ހުށަހެޅޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ނުވަތަ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

 

 

އިތުރު ޝަރުޠުތައް:

  • ޢިމާރާތުގެ ގޯތިތެރޭގައި އައުޓްޑޯ ޖިމް، ޢިމާރާތުގައި އިންޑޯޖިމް އަދި އެންޓަރޓެއިންމެންޓް ރޫމް އެއް ތަރަށްޤީކުރުން.
  • ޢިމާރާތް ޙަވާލުކުރެވޭ ފަރާތަށް، ޢިމާރާތުގައި ޖިމާއި ގުޅުންހުރި އެހެނިހެން ވިޔަފާރި މި އިދާރާއިން ހުއްދަ ހޯދުމަށްފަހު ހިންގިދާނެއެވެ.
  • ޢިމާރާތުގައި ޢިމާރާތް ހިންގާ ފަރާތުން ދިވެހިރާއްޖޭގެ ޤާނޫނާއި، އިސްލާމީ އުސޫލުތަކާއި އަދި އާންމު ޢިޖުތިމާއީ މިންގަނޑުތަކާއި ޚިލާފު ހަރަކާތްތަކަށް ހިންގައިގެން ނުވާނެއެވެ.

 

ބީލަން ހުށަހަޅާއިރު މަތީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާގޮތަށް ޕްލޭން ކުރަންވާނެއެވެ. އަދި މިޝަރުޠުތައް ފުރިހަމަނުވާ ބީލަންތައް ބާޠިލްކުރެވޭނެއެވެ.

 

ބީލަމުގެ މައުލޫމާތު

1

ބީލަމާއި ގުޅިގެން ސާފުކުރަންޖެހޭ މަޢުލޫމާތެއްވާނަމަ އެސުވާލެއް ފޮނުވަންވާނީ، މަޢުލޫމާތު ސެޝަން އޮންނަ ތާރީޚް 22 އޮކްޓޯބަރު 2024 ވާ އަންގާރަ ދުވަހުން ފެށިގެން ބީލަން ހުޅުވުމަށް 24 ގަޑިއިރުގެ ކުރިން (30 އޮކްޓޯބަރު 2024 ގެ 13:00 ގެ ކުރިން)، ތިރީގައި ބަޔާންކުރެވިފައިވާ އީމެއިލް އެޑްރެހަށެވެ.

އީމެއިލް: [email protected]

އީމެއިލް ކުރެވުމުން އީމެއިލް ލިބުނުކަން އީމެއިލް މެދުވެރިކޮން އަންގާނެއެވެ. އަދި އެ އީމެއިލަށް ޖަވާބެއް ނުލިބި ރަސްމީ އެކެއް 1 ދުވަހަށްވުރެ އިތުރުވާނަމަ ކައުންސިލުގެ ފޯނު ނަންބަރު 6560013 އަށް ގުޅުއްވައިގެން އެކަން އަންގަންވާނެވެ.

1.1

ބީލަމުގެ މައުލޫމާތު ދިނުމުގެ ސެޝަން މިއިދާރާގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ. އަދި ސާފުކުރަން ބޭނުންވާ އެއްވެސް މައުލޫމާތެއް ވާނަމަ، 1.1 ނަންބަރުގައި ބަޔާންކުރެވިފައިވާ ފަދައިން އީމެއިލްގެ ޒަރިއްޔާއިން އޮޅުންފިލުވޭނެއެވެ.

1.2

ބީލަމުގައި ރަޖިސްޓަރީވުމަށް އިޢުލާނުގައި ދީފައިވާ ލިންކް މެދުވެރިކޮށް ފޯމު ފުރުއްވާ ފޮނުވަންވާނެއެވެ.

1.3

ބީލަމުގައި ރަޖިސްޓަރީވާ ފޯމު ފުރުމަށްފަހު ފޮނުއްވޭނީ 21 އޮކްޓޯބަރު 2024 ވާ ހޯމަ ދުވަހު  14:00 ގެ ނިޔަލަށް، އޮންލައިންކޮށެވެ.

ބީލަމުގައި ރަޖިސްޓްރީ ވާ ފޯމް: https://forms.office.com/r/U6nWk5de3x

31 އޮކްޓޯބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި، މި އިދާރާއަށް ވަޑައިގެން ބީލަން / ޕްރޮޕޯސަލް ހުށަހަޅަން ވާނެއެވެ. އޮންލައިންކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނެތް ވާހަކަ ދަންނަވަމެވެ.

1.4

ބީލަމުގައި ރަޖިސްޓަރީ ވުމާއި މަޢުލޫމާތު ސާފުކުރުން އަދި ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ ގަޑިއާއި ތަން

 

ތަން:

 މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ، ނ. ކެނދިކުޅުދޫ

 

ގަޑި އަދި ތާރީޙް:

- ބީލަމުގައި ރަޖިސްޓަރީވާ ފޯމު ފުރުމަށްފަހު ފޮނުއްވޭނީ 21 އޮކްޓޯބަރު 2024  ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

- މަޢުލޫމާތު ސާފުކުރުން: 22 އޮކްޓޯބަރު 2024  ވާ އަންގާރަ ދުވަހުގެ 11:00 ގައި،  ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމްގައި އޮންނާނެއެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވުމަކީ ބީލަން ހުށަހަޅާ ފަރާތްތަކަށް ލާޒިމު ކަމެކެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިވެވޭނީ އޮންލައިންކޮށް ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

- ބީލަން / ޕްރޮޕޯސަލް ހުށަހެޅުމަށް ވަޑައިގަންނަވާނީ 31 އޮކްޓޯބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކެނދިކުޅުދޫ ކައުންސިލުގެ ޖަލްސާ ކުރާ މާލާމް (ކެނދި މާލަމް) އަށެވެ.

1.5

ޕްރޮޕޯސަލް ހުށަހެޅުން

2

ބީލަން / ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ މިއިދާރާއިން ތައްޔާރުކޮށްފައިވާ ބީލަން ހުށަހަޅާ ފޯމާއެކީގައެވެ.

ބީލަން ހުށަހަޅާ ފޯމް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

2.1

ސިޓީ އުރައިގައި ބީލަން / ޕްރޮޕޯސަލް ހުށަހަޅާއިރު ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އަދި ކޮން އިޢުލާނަކަށް ހުށަހަޅާ ޕްރޮޕޯސަލެއްކަން އެނގެން އޮންނަވާނެއެވެ.

2.2

ބީލަން / ޕްރޮޕޯސަލް ހުޅުވަން ކަނޑައެޅިގައިވާ ގަޑި ޖެހުމުގެ ކުރިން ހުޅުވަން ކަނޑައެޅިފައިވާ ތަނާއި ގަޑި ކަށަވަރު ކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ބީލަން / ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑި ފާއިތުވުމަށްފަހު، ބީލަން ކަނޑާ ނިމެންދެން، ބީލަން ކެނޑުން ކުރިޔަށްދާ މާލަމަށް އެއްވެސް ފަރާތަކަށް ނުވަދެވޭނެއެވެ.

2.3

ބީލަން ބަންދުކޮށްފައިވާ އުރަ ކެނޑުމަށް ހަމަޖެހިފައިވަނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ޙާޟިރުގައެވެ.

ބީލަން ހުށަހެޅުމަށްފަހު، ވަޤުތު ހަމަވުމަށްފަހު އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ.

ބީލަން ހުށަހެޅުމަށް ފުރުޞަތު ލިބިފައިވާ ފަރާތަކަށް ހާޟިރުވުނުވެވޭ ޚާލަތެއް މެދުވެރި ވެއްޖެނަމަ، ބަދަލުގައި ފޮނުވާ މީހެއް މެދުވެރިކޮށް ހުށަހަޅާ ބީލަން ބަލައިގަނެވޭނީ ބަދަލުގައި އެފަރާތް ފޮނުވާކަން ބަޔާންކޮށް ބީލަންހުށަހަޅާ ފަރާތުން ސޮއިކޮށްފައިވާ ލިޔުމެއް އެފަރާތުގެ އަތުގައި އޮތްނަމައެވެ.

 

-          ބީލަން / ޕްރޮޕޯސަލް ކެނޑުމަށް ހަމަޖެހިފައިވާ ގަޑި އަދި ތަން ތިރީގައިއެވަނީއެވެ.

 

ތަން: ނ. ކެނދިކުޅުދޫ ކައުންސިލްގެ އިދާރާގެ ޖަލްސާ ކުރާ މާލަމް

ތާރީޚާއި ގަޑި: 31 އޮކްޓޯބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00

2.4

ބީލަން / ޕްރޮޕޯސަލްހުށަހަޅާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުވާންވާނެއެވެ.

 

މިގޮތުން ހުށަހަޅާ ބީލަމާއި ގުޅޭގޮތުން މަޢުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެފަދަ މަޢުލޫމާތެއް ދެވޭވަރު މީހަކަށް ހާޟިރުވާ / ބަދަލުގައި ވަޑައިގަންނަވާ ބޭފުޅަކު ވާންވާނެއެވެ.

2.5

ބީލަން / ޕްރޮޕޯސަލް ހުށަހަންވާނީ އޭގެ އަސްލެވެ. ޕްރޮޕޯސަލްގެ ކޮންމެ ޞަފްޙާއެއްގައި ޞަފްޙާ ނަންބަރު ޖަހައި ސޮއިކުރަންވާނެއެވެ. އަދި ކުންފުނި/ވިޔަފާރީގެ ސިއްކަ (ތައްގަނޑު) (ސިއްކަ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން) ސޮއި ކައިރީގައި ޖަހަންވާނެއެވެ.

2.6

ބީލަން / ޕްރޮޕޯސަލް  ހުށަހަޅާއިރު ތިރީގައިމިވާ މަޢުލޫމާތު އަދި ލިޔުންތައް މަދު ނުވަތަ ނެތްނަމަ އެ ބީލަން ބާޠިލް ކުރެވޭނެއެވެ. އަދި ބަލައިގަތުމަށް ފަހުވެސް ބީލަމާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއް ނެތްކަން ނުވަތަ މަދުކަން ފާހަގަ ކުރެވިއްޖެނަމަ އެބީލަމެއް އިވަލުވޭޝަން މަރުހަލާގައިވެސް ބާޠިލް ކުރެވޭނެއެވެ.

ހ) ލިޔެކިޔުން ހަމަނުވާ ބީލަންތަކާއި މަޢުލޫމާތު ޞައްޙަނޫން ބީލަންތައް

ށ) އެއް ބީލަމަށް ވުރެގިނަ ބީލަން އެއް އިޢުލާނަކަށް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ހުރިހައި ބީލަމެއް ބާޠިލް ކުރެވޭނެއެވެ. މީގެ ތެރޭގައި އެހެން ފަރާތަކުން ހުށަހަޅާ ބީލަމެއްގައި ބައިވެރިވުންވެސް ހިމެނޭނެއެވެ.

ނ) މިކަރުދާހުގެ ނަންބަރު 3 ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ 3.1 ގައި ބަޔާންކޮށްފައިވާ ގޮތަށް ބީލަން ޕޯމް ފުރިހަމަކޮށްފައި ނުވާނަމަ ބާޠިލްކުރެވޭނެއެވެ.

ރ) މި ކަރުދާހުގެ ނަންބަރު 3 ގައި ބަޔާންކޮށްފައިވާ  ކަންތައްތަކުގެ ތެރެއިން 3.03 އިން 3.07 އާއި ހަމައަށް ބަޔާންކޮށްފައިވާ ލިޔުންތައް ނެތްނަމަ އެ ބީލަމެއް ބާޠިލްކުރުމުގެ އިޚްތިޔާރު ބިޑް ކޮމެޓީއަށް ލިބިގެންވެއެވެ.

ބ) މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލް ކުރެވޭނެއެވެ.

2.7

ހުށަހަޅަންޖެހޭ ތަކެތި

3

ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާ ފޯމް.

ކުންފުނި، ކޯޕަރޭޓިވްސް، ޕާޓްނާރޝިޕް އަދި ވިޔަފާރި ފަދަތަންތަނުން ހުށަހަޅާ ބީލަން ފޯމުގައި އެތަނެއްގެ ސިއްކަ ރަޖިސްޓްރީކޮށްފައިވާނަމަ ސިއްކަ ޖަހަންވާނެއެވެ.

3.01

ފުރިހަމަކޮށް ސޮއިކޮށްފައިވާ ޗެކްލިސްޓް (ބީލަން ހުށަހަޅާ ފޯމުގެ ފަހަތުގައިވާ)

3.02

ކުންފުނި، ކޯޕަރޭޓިވްސް އަދި ޕާޓްނާރޝިޕް އަކުން ހުށަހަޅާނަމަ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ

އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއާއި ވެރިފަރާތުގެ އައިޑީ ކާޑް ކޮޕީ

3.03

ޖީ. އެސް. ޓީ ރަޖިސްޓަރީ ކޮންފައިވާނަމަ ޖީ އެސް. ޓީ ސެޓްފިކެޓްގެ ކޮޕީ. ރަޖިސްޓަރީ ނުކުރާނަމަ މީރާގައި ވިޔަފާރި ރަޖިސްޓަރީކުރިކަމުގެ ލިޔުމުގެ ކޮޕީ.

3.04

އެންމެ ފަހުން ވިޔަފާރީގެ ފީ ދެއްކި ރަޝީދުގެ ކޮޕީ (ޕްރައިވެޓް އަދި ޕަބްލިކް ލިމިޓެޑް ކުންފުނިތައްނަމަ)

3.05

ބީލަމުގައި ވެރިފަރާތް ނޫން އެހެން ފަރާތަކުން ސޮއިކުރާނަމަ ސޮއިކުރުމުގެ އިޚްތިޔާރުދީފާއި އޮތްކަމުގެ ލިޔުން.

- ފަރުދީ ވިޔަފާރި، ޕާޓްނާރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުން ސޮއިކުރުމުގެ އިޚްތިޔާރުދީފައިވާ ކަމުގެ ޕަވާރ އޮޕް އެޓާރނީ ހުށަހަޅަންވާނެއެވެ.

- ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު ނޫން އެހެން ފަރާތަކުން ސޮއިކުރިނަމަ ބޯޑު ރިޒޮލިއުޝަން ހުށަހަޅަންވާނެއެވެ.

3.06

ބީލަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް  -ޕްރޮފައިލްގައި ހުށަހަޅަންޖެހޭ މައިގަނޑު މައުލޫމާތުތަކީ:-

ހ) ކުރިމަތިލާ ފަރާތުގެ މަޢުލޫމާތު

ށ) ކުންފުނި، ޕާޓްނަރޝިޕް ނުވަތަ ކޯޕަރޭޓިވްސް ފަދަ ތަނަކުން ހުށަހަޅާނަމަ ބޯޑު މެންބަރުން އަދި މެނޭޖިންގ ޑިރެކްޓަ / މެނޭޖިން ޕާޓްނާރ ފަދަ އިސްމަގާމުތަކުގައިވާ ފަރާތްތަކުގެ މަޢުލޫމާތު

ނ) ބީލަން ހުށަހަޅާ ފަރާތުން ޢާންމުކޮށް ކުރާ ވިޔަފާރި / މަސައްކަތްތައް

3.07

  މާކްސް ދެވޭނެ ގޮތްތައް

 

50%

އަގަށް

އަގު ހުށަހަޅާނީ ހުށަހަޅާ އަގު ރަނގަޅަށް އެނގޭގޮތަށް ވަކި ޝީޓެއް ތައްޔާރުކޮށް ފްރޮޕޯސަލްގައި ހިމަނަންވާނެއެވެ. އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ދެވޭނެއެވެ. (ކެނދިކުޅުދޫ ކައުންސިލުން ފޯރުކޮށްދޭ އައުޓްޑޯ ޖިމް އިކުއިޕްމްންޓްތައް ރޭވުމާއި، އިންޑޯ ޖިމް ހިންގުމުމަށް ހުށަހަޅާ ކުލި)

30%

ތަރައްޤީ ކުރާ ފެންވަރު

މާކްސް ދެވޭނީ މިކައުންސިލަށް ހުށަހަޅާފައިވާ ޕްރޮޕޯސަލުންނެވެ. ފެންވަރު މިންކުރާނީ ހުށަހަޅާ  އިމާރާތުގައި ދިނުމަށް ކައުންސިލުން ލާޒިމުކުރާ ޙިދުމަތްތަކުގެ އިތުރުން، ބީލަން ހުށަހަޅާ ފަރާތުން  ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވާ ޚިދުމަތް ތަކަށެވެ.

20%

ޙިދުމަށް ދޭން ފަށާ މުއްދަތު

ޙިދުމަށް ދޭން ފަށާ މުއްދަތުގެ ގޮތުގައި އެންމެ ކުރުމުއްދަތު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ދެވޭނެއެވެ.

100%

ޖުމްލަ:

 

4.1

 

ވީމާ، މި ފުރުޞަތުގައި ޝައުޤުވެރިވާ ފަރާތްތަކުން ތަފްޞީލީ ޕްރޮޕޯސަލް ތައްޔާރުކޮށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6560013 އަށް ގުޅުއްވުން އެދެމެވެ.

14  ރަބީޢުލްއާޚިރް  1446

17   އޮކްޓޯބަރު   2024

17 އޮކްޓޫބަރު 2024