މަސައްކަތް
ނަންބަރު: (IUL)371-ESMSPL/371/2024/41
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 28 އޮކްޓޫބަރު 2024 13:00
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ބިލެތްދޫ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ފ. ބިލެތްދޫ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން:

        މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ބިމާއި އިޙްތިޞާސް ހިމެނޭ ފ. ބިލެތްދޫ ފަޅު ހިމެނޭގޮތަށް، ކުރިއަށް އޮތް 20 އަހަރު ދުވަހަށް ލޭންޑް ޔޫޒް ޕްލޭނާއި ޓޮޕޮގްރަފިކް ސަރވޭ އާއި ކަމާއިގުޅޭގޮތުން ހަދަންޖެހޭ އެންމެހައި ލިޔެކިޔުންތައް،ރިޕޯޓްތައް އަދި ކުރެހުންތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 އޮކްޓޯބަރ 28 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ މިއިދާރާގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަމުގައި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

ރަޖިސްޓްރޭޝަން ފީ

ބީލަމުގައި ރަޖިސްޓްރީވުމަށް -/100ރ ( ސަތޭކަ ރުފިޔާ ) ގެ ނަން ރީފަންޑަބަލް ފީއެއް ނެގޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާގެ އެކައުންޓަށް ފައިސާ ޖަމާކޮށް، ފައިސާ ޖަމާކުރިކަމުގެ ސްލިޕް ރަޖިސްޓްރޭޝަން ފޯމާއެކު މެއިލް ކުރެއްވުން އެދެމެވެ. މިއިދާރާގެ އެކައުންޓް ނަންބަރަކީ 7730000037761 އެވެ.

 

މަޢުލޫމާތު ސާފުކުރުން

މި ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.ބިޑަށް ރަޖިސްޓްރީކުރުމަށް ހުށަހެޅުމުން އެފަރާތަކަށް މަޢުލޫމާތުތައް މެއިލްކޮށްދެވޭނެއެވެ. އިތުރު މަޢުލުމާތު ހޯއްދެވުމަށް މި އިދާރާގެ އެސިސްޓަންޓް ކައުންސިލް އެގްޒެކެޓިވް އަޙްމަދު ފަޔާޟް ނަންބަރު 9125259 އަށް ގުޅުއްވުންއެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ  [email protected]އަށެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން

2024 އޮކްޓޯބަރ 31 ވަނަ ދުވަހުގެ 13:00 ށް މި އިދާރާއަށް ދުރުވެ ބީލަން ހުށައަޅަންވާނެއެވެ.

ބީލަން ހުޅުވާނީ 2024 އޮކްޓޯބަރ 31 ވަނަ ދުވަހުގެ 13:05 ގައި މިއިދާރާ ގައެވެ.

 މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން  އެދެމެވެ. ބީލަން ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ފ. ބިލެތްދޫ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް / (އިޢުލާނު ނަންބަރު) "  މިހެން ލިޔެފައި އޮންނަން ވާނެއެވެ.

މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 2014/18 ) ގެ ދަށުން ވިޔަފާރިރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީން ސާރވޭ ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށައަޅާ ބީލަންތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. 

                                      14 ރަބީޢުލްއާޚިރާ  1446 

                                      17   އޮކްޓޯބަރ  2024

17 އޮކްޓޫބަރު 2024