ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-CA/426/2024/416
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 28 އޮކްޓޫބަރު 2024 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ސ.މަރަދޫފޭދޫގެ ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދޭނެ އެޖެންޓަކު ހޯދުމާއި ގުޅޭ

އިޢުލާން

 

ސ.މަރަދޫފޭދޫގެ ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދޭނެ އެޖެންޓަކު ހޯދުމާއި ގުޅޭ   

    

                       ހަނޑޫ، ހަކުރު،އަދި ފުށް، އެސްޓީއޯ ސ.މަރަދޫފޭދޫގެ ރައްޔިތުންނަށް ދަތިނުވެ ލިބެންހުންނާނެ ގޮތްހެދުމުގެ ގޮތުން މަރަދޫފޭދޫގެ ކާޑުގެ އެޖެންޓްކަން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ކާޑުގެ އެޖެންޓްކަން ހޯދުމަށް އެދި ހުށަހަޅާ ފަރާތަކީ މަރަދޫފޭދޫގެ ރައްޔިތުންނަށް މަހެއްގެ މައްޗަށް ކަނޑައަޅާފައިވާ ކޯޓާ، ޖުމްލަ 388 ބަސްތާ ( ހަނޑޫ، ހަކުރު، ފުށް) ގުދަންކޮށް ޑެލިވަރީކޮށްދެވޭނެ ފަރާތަކަށް ވާންވާނެއެވެ. ކާޑު އެޖެންޓުންނަށް މުދާ ދޫކުރުމަށް ހަމަޖެހިފައިވަނީ އައްޑޫސިޓީގައި ގާއިމުކުރެވިފައިވާ އެސްޓީއޯގެ ފިހާރަތަކުގެ ގުދަނުންނެވެ.

                     ވީމާ، ސ.މަރަދޫފޭދޫގެ ރައްޔިތުންނަށް ކާޑު ފޯރުކޮށްދިނުމަށްޓަކައި ކާޑު އެޖެންޓްކަން ކޮށްދިނުމަށް ޝައުޤުވެރިވާ، ވިޔަފާރިކުރާ ފަރާތްތަކުން ތިރީގައި މިދަންނަވާ ލިޔުންތަކާއެކު 28 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 13.00 އަށް އައްޑޫސިޓީ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅުއްވަންޖެހޭ ލިޔުންތަކުގެ މަޢުލޫމާތު:

  • ވިޔަފާރި ރެޖިސްޓްރީ ކޮޕީ
  • ޖީ.އެސް.ޓީ ރެޖިސްޓްރީ ކޮޕީ
  • އައިޑީކާޑު ކޮޕީ  އަދި ގުޅޭނެ ނަންބަރ

  ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

14 ރަބީޢުލްއާޚިރާ 1446

17   އޮކްޓޫބަރ 2024

17 އޮކްޓޫބަރު 2024