ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)351/351/2024/44
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 18 ޖަނަވަރީ 2025 00:00
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކްނިކް އޭރިއާ ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައިހުރި ތަކެތި ނެގުމާއިބެހޭ

އދ. މަންދޫ ލޭންޑްޔޫސް ޕްލޭންގައި ހިމެނޭ ޕިކްނިކް އޭރިއާ ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އެތަނުގައި ހުރި އަމިއްލަ މީސްމީހުންގެ އެންމެހައި ތަކެތި ނަގާ ސާފުކުރުމަށް 11 އޮކްޓޯބަރު 2023 ގައި ބޭއްވި މިކައުންސިލުގެ 53 ވަނަ ޢާންމު ޖަލްސާއިން ވަނީ ނިންމާފައިވާތީ، އެސަރަހައްދުގައިހުރި ތަކެރި ނެގުމަށްޓަކައި މިއަދާ ހަމައަށް އެކިފަހަރުމަތިން އާންމުކޮށް އަންގާ އިޢުލާނުކޮށްފައިވާނެއެވެ. މިގޮތުން އެންމެފަހުން ކުރި މިކައުންސިލްގެ ނަންބަރު: (IUL)351/351/2024/41 އިޢުލާނުގައި 11 ސެޕްޓެންބަރު 2024 ވާ ބުދަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އިސްވެ ދެންނެވުނު ސަރަހައްދުގައިހުރި މުދަލާއި އޭގެ ވެރިފަރާތުން ޙަވާލުވުމަށް އަންގާފައިވީނަމަވެސް އެމުއްދަތު ފަހަނައަޅާދިޔައިރުވެސް އަދިވެސް ބައެއް ތަކެތި ނުނަގާހުރިކަން ފާހަގަކުރަމެވެ. އެހެންކަމުން އެސަރަހައްދުގައި ހުރި އެންމެހައި ތަކެއްޗަކީ ދޫކޮށްލާފައިވާ ތަކެތި ކަމުގައި ކަނޑައަޅައިފީމެވެ.

      ވީމާ، 17 އޮކްޓޫބަރު 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިހާރު އެސަރަހައްދުގައިހުރި އެންމެހައި ތަކެތި އެއެއްޗެއްގެ ވެރިފަރާތުން ނުނަގައިފިނަމަ މިއިދާރާއިން އާންމުކޮށްފައިވާ ނަންބަރު: 2019/R-577 އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދުގެ 3 (ތިނެއް) ވަނަ މާއްދާގެ ދަށުން އިތުރު އެންގުމަކާނުލާ އެމުދާ ނެގުމުގެ މަސައްކަތް މިކައުންސިލުން ކުރިއަށް ގެންދާނެ ކަމުގައި ދަންނަވަމެވެ.

                  ވީމާ، މިކަންއާންމުކޮށް އެންމަށްޓަކައި އިޢުލާން ކުރީމެވެ.

17 އޮކްޓޫބަރު 2024