ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)289/289/2024/66
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 31 އޮކްޓޫބަރު 2024 14:00
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ ދަފްތަރު އެކުލަވާލުމާއި ބެހޭ

                   ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ 'އޮޕަރޭޝަން ކުރަނގި'  ގެ ދަށުން ނ.ލަންދޫގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިކައުންސިލުން މިދަނީ ކުރަމުންނެވެ. އެހެންކަމުން ބިދޭސީން ގެންގުޅޭ ފަރާތްތަކުން އެފަރާތެއްގެ  ޙަވާލުގައިވާ ބިދޭސީންގެ މަޢުލޫމާތު ދަފްތަރުގައި ހިމެނުމަށްޓަކައި 31 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލާއި މަޢުލޫމާތު ޙިއްސާކުރެއްވުމަށް ދަންނަވަމެވެ. މިމަސައްކަތް ކުރިއަށްދާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 08:30 އިން 14:00 އަށް ކައުންސިލުގެ އިދާރާގައެވެ.

                   ދަފްތަރުގައި ރަޖިސްޓްރީވުމަށް ބިދޭސީން ފޮނުވާއިރު އެފަރާތުގެ ޕާސްޕޯޓާއި ވޯކްޕާމިޓް ހިފައިގެން ޙާޟިރުވުމަށް ދަންނަވައިދެއްވުން އެދެމެވެ. އަދި އެފަރާތެއްގެ އެއްވެސް ލިޔެކިޔުމެއް ނެތްނަމަވެސް ދަފްތަރުގައި ރަޖިސްޓްރީވާންޖެހޭތީ ލިޔެކިޔުންތައް ނެތް ފަރާތްތަކުންވެސް މިދެންނެވި މުއްދަތުގައި ކައުންސިލް އިދާރާއަށް ފޮނުއްވާ ދަފްތަރުގައި ރަޖިސްޓްރީކުރުމުގެ ކަންތައް ކުރިއަށް ގެންގޮސް ނިންމުމަށް ދެންނެވީމެވެ.

                   މިމުއްދަތުގެ ފަހުން މިރަށުގައި ދިރިއުޅޭ ބިދޭސީން ދަފްތަރުގައި ރަޖިސްޓްރީނުކޮށް މިރަށުގައި އުޅުމަކީ މަނާކަމެއް ކަމުއގައިވެސް ދެންނެވީމެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 އޮކްޓޫބަރު 2024