ދިވެހިރާއްޖެ
`
ނިލަންދޫ ސުކޫލް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ގއ. ނިލަންދޫ
ނަންބަރު: GS-195/IUL-2024/20
އިޢުލާން
2025ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ
ސުކޫލުތަކަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގައި 2025 ވަނަ އަހަރުގެ ދިރާސީ އަހަރު ޢަމަލުކުރާނެ އުސޫލުގެ ދަށުން ނިލަންދޫ ސުކޫލްގެ އެލްކޭޖީ ، ޔޫކޭޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، 2025 ވަނަ އަހަރު، އެލްކޭޖީ، ޔޫކޭޖީ އަދި ގްރޭޑު 1 އަށް ވައްދަން އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން 20 އޮކްޓޯބަރ 2024 އިން ފެށިގެން 24 އޮކްޓޯބަރ 2024 ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00 އަށް ސްކޫލްގައި ކުރިއަށްދާނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް 7983074 ނަންބަރާއި ގުޅުއްވުން އެދެމެވެ.
- އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 ކަށް ވައްދާނީ ނުވަތަ އެއް ސުކޫލުން އަނެއް ސުކޫލަށް ބަދަލު ކުރާނީ ތިރީގައިމިވާ ތާވަލްގައި ވާ ގޮތަށް އުމުރު ހަމަވާ ކުދިންނެވެ.
ގްރޭޑް |
2025 ވަނަ އަހަރު ދަރިވަރުން ވައްދާ ޢުމުރުފުރާތައް |
އެލްކޭޖީ |
2024 ޑިސެމްބަރ 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން |
ޔޫކޭޖީ |
2024 ޑިސެމްބަރ 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން 2023-2024 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ދިރާސީ އަހަރު (06 އޭޕްރިލް 2025 ގައި ފެށޭ) ޔޫ.ކޭ.ޖީ އަށް ބަދަލު ކުރެވޭނެއެވެ. |
ގްރޭޑު 1 |
2024 ޑިސެމްބަރ 31 އަހަރު 6 އަހަރު ފުރި 7 އަހަރު ނުފުރުން 2023-2024 ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2025 ދިރާސީ އަހަރު (06 އޭޕްރިލް 2025 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރެވޭނެއެވެ. |
ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތި:
v ކުއްޖާގެ އައިޑެންޓިޓީ ކާޑު ކޮޕީ.
v މަންމަ، ބައްޕަ އަދި ބެލެނިވެރިޔާ އައިޑީ ކާޑް ކޮޕީ.
v ވެކްސިން ދެވިފައިވާ ގޮތް އަންގައިދޭ ވެކްސިން ކާޑުގެ އަސްލާއި ކޮޕީ.
14 ރަބީޢުލްއާޚިރު 1446
17 އޮކްޓޯބަރ 2024
ޙައްވާ ސަޝްނާ
ލީޑިންގ ޓީޗަރ (ހިންގުމާއި ހަވާލުވެހުރި)