ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2024/222
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި: 24 އޮކްޓޫބަރު 2024 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެމް.އެން.ޔޫ ބިޒްނަސް ސްކޫލް)

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެމް.އެން.ޔޫ ބިޒްނަސް ސްކޫލް)
ބޭނުންވާ އަދަދު :2

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (މެކްސިމަމް)

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

ޑިޕާޓްމަންޓް:

އިދާރީ

ގްރޭޑް:

04

ސްޕައިން ޕޮއިންޓް:

18

އަސާސީ މުސާރަ:

މަހަކު 5,956.80 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު   2,552.92ރުފިޔާ

ވަޒީފާގެ ބާވަތް:

ދާއިމީ

މަގާމުގެ ޝަރުތުތައް:

  1. ސެޓިފިކެޓް ލެވެލް 5/6 ގެ ސެޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  2. ސެޓިފިކެޓް ލެވެލް 4 ގެ ސެޓިފިކެޓްއަށްފަހު 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (މިނިމަން)

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

ޑިޕާޓްމަންޓް:

އިދާރީ

ގްރޭޑް:

2

ސްޕައިން:

10

އަސާސީ މުސާރަ:

މަހަކު 4,668.61 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު 2,000.83 ރުފިޔާ

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތު ގަޑި:

15:00 އިން 21:00 އަށް

މަގާމުގެ ޝަރުތުތައް:

  • ގްރޭޑް 12 ނިންމާފައިވުން. ނުވަތަ،
  • 10 ނިންމާފައި 2 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  • ސެޓިފިކެޓް ލެވެލް 1 ނުވަތަ 2 ގެ، ސަނަދެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން.

 

 

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
  • ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަޤާމުގެ މަސްއޫލިއްޔަތު:

  • ކޮންމެ ޓާމެއްގެ ކިޔެވުން ފެށުމުގެ ކުރިން މާއްދާތަކުގެ ހާޒިރީ ފައިލްތައް ތައްޔާރުކުރުމާއި، ދަރިވަރުންގެ ރަޖިސްޓްރީ އާއި ލެކްޗަރަރުންގެ ކަރެސްބޮންޑެސް އާއި ދަރިވަރުންގެ އެންމެހާ ރެކޯޑްތައް ބެލެހެއްޓުން.
  • ކޯސްތަކުގައި ކިޔަވާދެއްވާ ލެކްޗަރަރުންނަށް ބޭނުންވާ ޑޮކިއުމަންޓްސްތައް ޕްރިންޓް ކުރުމާއި، ދެއްވާ ޕޭޕަރުތައް ފޮޓޯކޮޕީ ހައްދާ ލެކްޗަރަރުންނާއި ހަވާލު ކުރުން. 
  • ލެކްޗަރަރުން ދަރިވަރުންނަށް އަންގަވާ އެންގެވުންތަކާއި، ޓައިމްޓޭބަލްތައް ނޯޓިސްބޯޑުގައި ޖެހުމާއި، ކެންސަލްވާ ކުލާސްތަކާއި، އެކްސްޓްރާ ކުލާސްތަކާބެހޭ ގޮތުން ދަރިވަރުންނަށް އެންގުން.
  • ޕަބްލިކް ލެކްޗަރތައް ބޭއްވޭނެ އިންތިޒާމް ހަމަޖައްސައި، އެކަން ދަރިވަރުންނަށް އެންގުން.
  • ސެމިސްޓަރއެއްގެ ކޮންމެ ހަތަރު ހަފުތާއިން ދަރިވަރުންގެ ހާޒިރީ ޗެކްކޮށް ރިޕޯޓް ތައްޔާރުކުރުން. އަދި ދަރިވަރުންގެ އެމް.ސީ ތައް ގަވައިދުން ފައިލްކޮށް ބެލެހެއްޓުން.
  • އެކިއެކި ކަންކަމާއިގުޅިގެން ދަރިވަރުން ހުށަހަޅާ ސިޓީ/ފޯމްތަކަށް ޖަވާބުދިނުން.
  • ހަވާލުކުރެވޭ ޑިޕާޓްމަންޓުން ތަންތަނަށް ފޮނުވަންޖެހޭ ސިޓީ، އީމެއިލް، ފަދަ ތަކެތި ފޮނުވަންޖެހޭ ފަރާތަށް ފޮނުވުމާއި ފައިލް ކޮށްބެލެހެއްޓުން.
  • ޑިޕާޓްމަންޓުން ހަވާލުކުރާ ދަރިވަރުންގެ ކަންތައްތައް ދުވަހުން ދުވަހަށް ނިންމުން.
  • ޑިޕާރޓްމަންޓް އަދި ކެމްޕަސްތަކުގެ ސަބްޖެކްޓް އިވެލުއޭޝަން ހަދާ، ރިޕޯޓު ތައްޔާރުކުރުން.
  • ދަރިވަރުންނާއި ލެކްޗަރަރުންނަށް ބާއްވާ މީޓިންތަކާއި، އޭ.އާރު.ސީ. ކޮމެޓީގެ މީޓިންތަކުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ދުވަހާއި ގަޑި އަންގާ މީޓިން ތަކުގެ އިންތިޒާމް ހަމަޖައްސާ ބެލެހެއްޓުން. އަދި މީޓިން ތަކުގެ ޔައުމިއްޔާ މީޓިން ބޭއްވޭތާ މަސައްކަތު 2 ދުވަސް ތެރޭގައި ލިޔެނިންމާ ފައިލްކޮށް ބެލެހެއްޓުން.
  • ޕަވާރކެމްޕަސް އިން ސެކުޝަންތައް ތައްޔާރުކޮށް ސެލްފްސާރވިސްއަށް އެކުސަސް ދިނުމާއި ޓައިމްޓޭބަލް ޕަވާރކެމްޕަސް އަށް އެންޓަރކުރުމާއި ގެންނަ ބަދަލުތައް ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  •  ސެލްފް ސާރވިސް އާއި މޫޑުލް އަށް އެކްސަސް ވުމުގައި ދަރިވަރުން އަދި ލެކްޗަރާއިންނަށް ދިމާވާ މައްސަލަތައް ސްޓޫޑަންޓް ސާރވިސް އަށް އަންގައިގެން ރަގަޅުކުރުން އަދި ރަޖިސްޓްރޭޝަންގެ މައްސަލަތައް ހައްލުކުރުން.
  • ކެމްޕަސްތަކަށް ދަތުރުކުރާ ލެކްޗަރާއިންގެ ދަތުރުތަކުގެ ޓިކެޓް ބުކްކޮށް ދަތުރުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސައިދިނުން.
  • ކިޔެވުން އޮންނަ ދުވަސްތަކުގައި ޑިއުޓީ ތާވަލާ އެއްގޮތަށް ޑިއުޓީ ބަލެހެއްޓުން.
  • އިދާރީ މުވައްޒަފަކު ސަލާމްބުނެ ނުވަތަ ޗުއްޓީއެއް ނަގައިފިނަމަ ހަމަޖައްސާ އުސޫލުގެ މަތީން އެމުވައްޒަފަކާއި  ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

 

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

24 އޮކްޓޫބަރު 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2024-222

 

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345143 ނަންބަރު ފޯނަށެވެ.
17 އޮކްޓޫބަރު 2024