ދިވެހިރާއްޖެ
ރަށުގެ އިޖްތިމާޢީ ސަރަޙައްދުގައި ޖަހާފައިވާ ބައްތިތަށް އައުޓްސޯސްކޮށް ކުރިޔަށް ގެންދިއުމަށް މިކައުންސިލުން ބޭނުންވެއެވެ.
މި ބިޑްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 21 އޮކްޓޯބަރ 2024 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން މި އިޢުލާނާއެކު ހިމެނިފައިވާ ގޫގަލް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
ރަޖިސްޓްރީ ލިންކް : https://forms.gle/TZi5b9bB3X1HFjC19
ވީމާ، މި މަސައްކަތް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 އޮކްޓޯބަރ 2024 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތު ގެޒެޓު އަދި މި އިދާރާގެ ވެބްސައިޓްގައި މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ އިތުރުން އެނާރޖީ އޮތޯރިޓީގެ ފަރާތުން ދޫކޮށްފައިވާ ކަރަންޓް ވައިރު ކުރުމުގެ ހުއްދަ ލިބިފައިވާ އަމިއްލަ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.