މަސައްކަތް
ނަންބަރު: (IUL)359-ESMS/INDIV/2024/28
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 27 އޮކްޓޫބަރު 2024 11:00
ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ބޭރު ވާޓަރުގައި ލޯންޗް ފަހަރު އެޅުމަށް ޖެޓީއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ބަނދަރު ބޭރު ވާޓަރުގައި ލޯންޗް ފަހަރު އެޅުމަށް ޖެޓީއެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ބަނދަރު ބޭރު ވާޓަރުގައި ލޯންޗް ފަހަރު އެޅުމަށް ޖެޓީއެއް ހެދުން" މިހެން ލިޔެފައި އަދި ކުންފުނީގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

ބިޑް މަރުހަލާތައް

ތާރީޚް

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ދިނުން

17 އޮކްޓޯބަރ 2024

ބުރާސްފަތި

11:00

ފެލިދޫ ކައުންސިލްގެ މީޓިން ހޯލް

ބިޑް ހުށަހެޅުން

27 އޮކްޓޯބަރ 2024

އާދިއްތަ

11:00

ފެލިދޫ ކައުންސިލްގެ މީޓިން ހޯލް

           

މާކްސް ދެވޭނެގޮތް:

  1. މަސައްކަތު އަގު: ހުށަހަޅާ އެންމެ ކުޑަ އަގަކަށް ލިބޭނީ ހަތްދިހަ ފަސް ޕަސެންޓެވެ.
  2. މަސައްކަތް ނިންމަން ހުށަހަޅާ މުއްދަތު: ހުށަހަޅާ އެންމެ ކުޑަ މުއްދަތަކަށް ލިބޭނީ ދިހަ ޕަސެންޓެވެ.
  3. ތަޖުރިބާ: ނިންމާފައިވާ އެންމެ ބޮޑު ޕްރޮޖެކްޓް ނުވަތަ އެންމެ ބޮޑު އަގަކަށް މަސައްކަތް ނިންމާފައިވާކަމުގެ ތަޖުރިބާ ލިޔުމަށް  ލިބޭނީ ފަނަރަ ޕަސެންޓެވެ. އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ. ތަޖުރިބާއަށް މާރކްސް ދެވޭނީ ބިލްޑިން ކޮންސްޓްރަކްޝަންގެ މަސައްކަތެއް ކޮށްފައިވާކަމަށް ހުށަހަޅާފައިވާ ލިޔުންތަކަށެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 އޮކްޓޯބަރ 2024 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހޮވުމުގައި ބަލާނީ ލިބޭ މާރކްސްއަށާއި މަސައްކަތު ތަފްޞީލުގައި ބަޔާންކޮށްފައިވާ މަސައްކަތްކުރާ ފަރާތުގެ ހުނަރުވެރިކަމާއި ޤާބިލްކަމާއި ފެންވަރަށް ރިޢާއަތްކޮށެވެ. މިމަސައްކަތާ ގުޅޭ ގޮތުން ކުރިން ކުރެވިފައިވާ ނަންބަރ (IUL)359-ESMS/INDIV/2024/27  އިޢުލާންގައި ބަޔާންކޮށްފައިވާ މާރކްސް ދެވޭ ބައިތަކުގައި މައްސަލައެއް އުޅޭކަމަށް ފާހަގަވެފައިވާތީ އިޢުލާން ބާތިލްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.  

16 އޮކްޓޫބަރު 2024