ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)418/418/2024/52
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި: 31 އޮކްޓޫބަރު 2024 14:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ މަޢުލޫމާތު އަދާ ހަމަކުރުމަށް

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއާއި ދައުލަތުގެ އެހެން އިދާރާތައް ގުޅިގެން ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު އަދާހަމަކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ޕުރޮގުރާމްގައި މިރަށުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު "ނާރެސް" އަދި "ވުނަ" ޕޯޓަލްގައި އަދާހަމަކުރުމަށް ބޭނުންވެއެވެ.

 

އެހެންކަމުން، 20 އޮކްޓޯބަރ 2024 ވަނަ ދުވަހުން ފެށިގެން 31 އޮކްޓޯބަރ 2024 ވަނަ ދުވަހާއި ހަމައަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އާއި 12:00 އާއި ދެމެދު މިރަށުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު ނެގުމުގެ މަސައްކަތް މި އިދާރާއިން ކުރުމަށް ވަނީ ހަމަޖެހިފައެވެ. ބިދޭސީންގެ މަޢުލޫމާތު ޚިއްސާކުރެއްވުމަށް ބިދޭސީން ފޮނުވުމަކީ އެ ބިދޭސީއަކު ގެންގުޅޭ ފަރާތުގެ ޒިންމާއެކެވެ.

 

މަތީގައިވާ މުއްދަތުގައި މަޢުލޫމާތު ހުށަނާޅާ ފަރާތްތަކާއި ޤަވާއިދާއި ޚިލާފަށް އުޅޭކަމަށް ފާހަގަ ކުރެވޭ ބިދޭސީންގެ މަޢުލޫމާތު ކަމާއިބެހޭ މުޢައްސަސާތަކަށް ހުށަހަޅައި، އެފަރާތްތަކާއިމެދު ޤަވާއިދުން ފިޔަވަޅު އެޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

ވީމާ، މިކަމުގައި ބިދޭސީން ގެންގުޅުއްވާ އެންމެހައި ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުން އެދި ދެންނެވީމެވެ. 

16 އޮކްޓޫބަރު 2024