މަސައްކަތް
ނަންބަރު: (IUL)RS/1/2024/252
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 23 އޮކްޓޫބަރު 2024 13:59
ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ކުޅިވަރު ކޯޗްކޮށްދިނުމާއި ޓީމްތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން (ސުވިމިންގެ، ނެޓްބޯލް އަދި ބެޑްމިންޓަން)

ކުޅިވަރު ކޯޗްކޮށްދިނުމާއި ޓީމްތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

(ސުވިމިންގެ، ނެޓްބޯލް އަދި ބެޑްމިންޓަން)

           

  1. މިސްކޫލުގެ ދަރިވަރުންނަށް ކުޅިވަރު ކޯޗްކޮށްދިނުމާއި ޓީމްތައް ތައްޔާރުކޮށްދޭނެ (ސުވިމިންގް، ނެޓްބޯލް އަދި ބެޑްމިންޓަން) ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  
  2. މިޕުރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 އޮކްޓޯބަރ 16 ން 2024 އޮކްޓޯބަރ 23 ވާ ބުދަ ދުވަހުގެ  14:00 ގެ ކުރިން އިއުލާން ގައިވާ ޕްރޮޕޯސަލް ރެޖިސްޓްރޭޝަން ފޯރމް ލިންކް މެދުވެރިކޮށް ހުށަހެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 އޮކްޓޯބަރ 24 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 6 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  4. ޕްރޮޕޯސަލް ހުށަހެޅުމާއި، ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2024 އޮކްޓޯބަރ 29 ވާ އަންގާރަ ދުވަހުގެ 10:30 ގައި  ރެހެންދި ސްކޫލުގެ ފައިސާއާބެހޭބައިގައެވެ.
  5. އިއުލާނާއި އެކު މިމަސައްކަތުގެ ބީލަންފޮތް (ޖަދުވަލްތަކާއެކު) އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ރެހެންދި ސްކޫލް ފައިސާއާބެހޭބައި

ފޯން:  3359902، 3359900

އީ-މެއިލް: [email protected]

ޕްރޮޕޯސަލް ރެޖިސްޓްރޭޝަން ފޯރމް ލިންކް : https://forms.gle/EZzAhkVti5rqQpCr7

 

16 އޮކްޓޯބަރ 2024

16 އޮކްޓޫބަރު 2024