ވަޒީފާގެ ފުރުޞަތު
ނަންބަރު: 216-MPAO-HR/IUL/2024/48
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 24 އޮކްޓޫބަރު 2024 15:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އެކައުންޓަންޓް

މަޤާމް: އެކައުންޓަންޓް

ޑިޕާޓްމަންޓް: ފައިނޭންޝަލް ރިޕޯޓިންގ

ބޭނުންވާ ޢަދަދު: 01

ވަޒީފާގެ ބާވަތް: ދާއިމީ

ކޮންޓްރެކްޓްގެ މުއްދަތު: ވަޒީފާއަށް ފުރަތަމަ ހަމަޖެއްސޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެއް އަހަރު ހަމަވުމުން، މަސައްކަތުގެ ފެންވަރު ބަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވިދާނެއެވެ. ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވިދާނެއެވެ. 

ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)

ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)

 

ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖުރިބާ:

  • އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ބެޗެލަރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރެއްގެ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ)  ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ  އެއާ އެއްފެންވަރެއްގެ ޕްރޮފެޝަނަލް އެކައުންޓިންގ ސަނަދެއް ޙާޞިލްކޮށްފައިވުން. 

 

މުސާރަ އާއި ޢިނާޔަތްތައް:

އަސާސީ މުސާރައާއި ޢިނާޔަތްތައް ހިމެނޭ ގޮތަށް މަހަކު ޖުމްލަ 18,000.00 - 23,000.00 ރުފިޔާގެ ޢަދަދެއް ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތައް:

މި މަޤާމުގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއެކު ޝާއިޢުކުރެވިފައިވާނެއެވެ.


އެޕްލިކޭޝަން ހުށަހަޅާނެ ގޮތް:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ މި އޮފީހުގެ ޕެންޝަން ޕޯޓަލް  މެދުވެރިކޮށެވެ.

ޕެންޝަން ޕޯޓަލްގެ ލިންކު: jobs.pension.gov.mv

 

އެއެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓް.

  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަން އަންގައިދޭ ލިޔުންތައް. 

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

  • ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ  (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ).

  • ޕޮލިސް ރިޕޯޓު (4 މަސް ހަމަނުވާ).

 

އިންޓަރވިއު އަދި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާނު  ބޭއްވޭނީ 27 އޮކްޓޫބަރު 2024 އާއި 10 ނޮވެންބަރު 2024  އާއި ދެމެދުގެ ރަސްމީ ބަންދުނޫން ދުވަހެއްގައެވެ. 

 

ނޯޓް:

  • އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.

  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

 

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 އޮކްޓޫބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. 

16 އޮކްޓޫބަރު 2024