ދިވެހިރާއްޖެ
1- 1 ޖެނުއަރީ 2025 ން ފެށިގެން 31 ޑިސެންބަރ 2025 ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު، މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
2- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަށް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ. ބީލަންފޮތް މި އިޢްލާނާ އެކު އެއްކަ- ރުދާސް ކުރެވިފައި ވާނެއެވެ. .
3- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 އޮކްޓޫބަރ 16 ން 2024 އޮކްޓޫބަރ 23 ވާ ބުދަ ދުވަހުގެ 13:30 ގެ
ކުރިން ބިޑް ރަޖިސްޓްރީ ފޯމް ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތް ތަކަށެވެ.
"ބިޑް ރަޖިސްޓްރޭޝަން ފޯމް" ގެ ލިންކް: bit.ly/4h8oYJ8
4- މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2024 އޮކްޓޫބަރ 27 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ.
5- ބީލަން ހުށަހެޅުމާ ހުޅުވުން އޮންނާނީ 2024 އޮކްޓޫބަރ 31 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި ސްކޫލުގައެވެ.
6- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
[email protected]ފޯނު: 6561806