ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2024/176
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 10:51
ސުންގަޑި: 24 އޮކްޓޫބަރު 2024 14:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ނ. މަނަދޫގައި އޮންނަ ސީ އެމްބިއުލަންސްއަށް ޑްރައިވަރާއި ފަޅުވެރި މަޤާމަށް މުވައްޒަފުން ހޯދުން.

ނ.މަނަދޫގައި އޮންނަ ސީ-އެމްބިއުލަންސް އަށް ކޮންޓްރެކްޓް އުޞޫލުން ޑްރައިވަރު އަދިފަޅުވެރި ވަޒީފާއަށް މުވައްޒަފުން ބޭނުންވެއެވެ.

މަގާމު:

ޑްރައިވަރު

ބޭނުންވާ ޢަދަދު:

01 (އެކެއް) ނ.މަނަދޫގައި އޮންނަ ސީ އެމްބިއުލަންސް

މުސާރަ:

މަހަކު 5,020/- ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/- ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ:

ސްޕެޝަލް ޑިއުޓީ އެލަވަންސްއަށް މަހަކު 1,757.00 ރުފިޔާގެ އިތުރުން ޔުނީފޯމް އެލަވަންސްއަށް މަހަކު -/100 ރުފިޔާ ލިބޭނެއެވެ. ( މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއި އަދި ޔުނީފޯމް އެލަވަންސްއަށް މުޅިޖުމްލަ މަހަކު 8,877.00 ރުފިޔާ ލިބޭނެއެވެ.) މީގެއިތުރުން  ހާޑްޝިޕް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް -/20 ރުފިޔާ

އާއި،ޝިފްޓް ޑިއުޓީ އެލަވަންސްއާއި، އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

1- ނެވިގޭޝަން ދާއިރާއިން ކޯސްޓަލް ނެވިގޭޝަން ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ކަނޑުގައިދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީން A,B,C ލައިސަންސް ލިބިފައިވުން.

2- ޕެޓްރޯލް އަދި ޑީސަލް އިންޖީނުއެޅި ހައިސްޕީޑް ލޯންޗް ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު، މިފަދަ އުޅަނދުފަހަރު ދުއްވުމުގެ 2 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއި، ގިނަވަގުތު ކަނޑުމަތީގެ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައިހުރި މީހަކު ކަމުގައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

ސީ އެމްބިއުލަންސްގެ ކެޕްޓަނެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުން.

ޢާއްމުކޮށް މަސައްކަތްކުރަންޖެހޭ ތަން:

މި މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޢާއްމުކޮށް މަސައްކަތްކުރަންޖެހޭނީ އެ ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައެވެ.

މަގާމު:

ފަޅުވެރި

ބޭނުންވާ ޢަދަދު:

01 (އެކެއް) މަނަދޫގައި އޮންނަ ސީ-އެމްބިއުލަންސް

މުސާރަ:

މަހަކު -/4,465 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/1,500 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

ސްޕެޝަލް ޑިއުޓީ އެލަވަންސްއަށް މަހަކު 1,562.75 ރުފިޔާގެ އިތުރުން ޔުނީފޯމް އެލަވަންސްއަށް މަހަކު -/100 ރުފިޔާ ލިބޭނެއެވެ. ( މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއި އަދި ޔުނީފޯމް އެލަވަންސްއަށް މުޅިޖުމްލަ މަހަކު 7,627.75 ރުފިޔާ ލިބޭނެއެވެ.) މީގެއިތުރުން  ހާޑްޝިޕް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް -/20 ރުފިޔާ

އާއި،ޝިފްޓް ޑިއުޓީ އެލަވަންސްއާއި، އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

1- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު، ކަނޑުމަތީ އުޅަނދުފަހަރުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއެކު ގިނަވަގުތު ކަނޑުމަތީ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައިހުރި މީހެއްކަމުގައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

ސީ އެމްބިއުލަންސްގެ ފަޅުވެރިއެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުން.

ޢާއްމުކޮށް މަސައްކަތްކުރަންޖެހޭ ތަން:

މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުން ޢާއްމުކޮށް މަސައްކަތްކުރަންޖެހޭނީ އެ ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައެވެ.

އިތުރު މަޢުލޫމާތު:

މި ވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2024 އޮކްޓޫބަރު 24 ވާ ބުރާސްފަތި ދުވަހު 14.00 ގެ ކުރިން މި ވުޒާރާ އަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ދިފާޢީ ވުޒާރާ އަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް ދިފާޢީ ވުޒާރާ އަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

 

13 ރަބީޢުލްއާޚިރު 1446

 

16 އޮކްޓޫބަރު 2024