ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)339-ESMS/339/2024/57
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 10:43
ސުންގަޑި: 14 ނޮވެންބަރު 2024 14:00
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާންމަހަށް ކަރާދަނޑު ދޫކުރުމާ ބެހޭ

ރަމަޟާންމަހަށް ކަރާދަނޑު ދޫކުރުމާ ބެހޭ

1446 ވަނައަހަރުގެ ރަމަޟާންމަހަށް ދޫކުރުމަށް ކައުންސިލުން ނިއްމާފައިވާ ކަރާ ދަނޑުތަކަށް ފޯމްލުމުގެ ފުރުޞަތު 2024 އޮކްޓޫބަރ 15 އިން ފެށިގެން ،

2024 ނޮވެމްބަރ 14 ގެ ނިޔަލަށް  ވަނީ  ހުޅުވާލެވިފައެވެ. ފޯމް  ގައި ލިޔުއްވާފައިވާ ބޭފުޅުންގެ  ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ ކޮޕީ 

( އައިޑީކާޑް،ޕާސްޕޯޓު، ޑުރައިވިން ލައިސަންސް ) ފޯމާ އެކު އެއް ހީރަސް ކުރައްވަން ވާނެއެވެ. 3 މަސް ނުވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް

ފޮޓޯޖެހި ރަސްމީ ލިޔުމެއްކަމުގައި ޤަބޫލު ކުރެވޭނެއެވެ. މި އަހަރު ދޫކުރުމަށް ކައުންސިލުން ނިއްމާފައިވަނީ މީހަކަށް 1000 އަކަފޫޓެވެ.

   އިދާރީ ފީ އެއް ނެގުން

 އިދާރީ ފީ އެއްގެ ގޮތުގައި، ހުށަހަޅުއްވާ ފޯމްގައި ލިޔުއްވާފައިވާ ކޮންމެ މީހަކަށް -/10 ރުފިޔާ ކައުންސިލަށް ދައްކަވަން ޖެހޭނެއެވެ. އަދި

ފޯމް ހުށަހެޅުއްވުމަށްފަހު ފޯމަށް ބަދަލެއް ގެއްނަނަމަ -/50 ރުފިޔާ ކައުންސިލަށް ދައްކަވަން ޖެހޭނެއެވެ. ފޯމް  ދޫކުރުމާއި  ފޯމް ބަލައިގަންނާނީ

ތޮއްޑޫ  ކައުންސިލްގެ ކައުންޓަރ އިން ރަސްމީ ގަޑީގައެވެ.

ވީމާ ކަރާ ދަނޑު ބޭނުންވާ ފަރާތްތަކުން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2024 ނޮވެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ

ކުރިން ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް އަންގާ އިޢުލާން ކުރީމެވެ.

16 އޮކްޓޫބަރު 2024