މަސައްކަތް
ނަންބަރު: 200-VTR/IU/2015/05
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި:
05 ޖުލައި 2015 11:00
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް
އަންދާސީހިސާބު ބޭނުންވެއްޖެ
މި ޓްރައިބިއުނަލަށް ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- 01 ހެކިންގެ މޭޒު ޖެހުން (މި ޓްރައިބިއުނަލުން ދައްކާ ނަމޫނާއާ އެއްގޮތަށް)
- ހިއަރިންގ ރޫމުގައި ޓްރައިބިއުނަލްގެ ނަމާއި ދައުލަތުގެ ނިޝާން ހަރުކުރުން
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 05 ޖުލައި 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ގ.ފަތުރުވެހި (މަޓީބިލްޑިންގގެ 03 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް (މަޓީބިލްޑިންގގެ 03ވަނަ ފަންގިފިލާ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތުދެވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިޓްރައިބިއުނަލްގެ 3308773 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
05 ރަމަޟާން 1436
22 ޖޫން 2015