ނީލަން
ނަންބަރު: (IUL)262/262/2024/97
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:55
ސުންގަޑި: 24 އޮކްޓޫބަރު 2024 10:15
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ބެލުމުގެދަށުގައިވާ ބައު ތަކެތި ނީލަންކިޔުމާ ގުޅޭ

މިއިދާރާގެ ބެލުމުގެދަށުގައިވާ ބައު ތަކެތި ނީލަންކިޔުމާ ގުޅޭ:

މި އިދާރާގައިހުރި ބައު ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމާބެހޭ އިތުރު  ތަފްސީލް ތިރީގައި މިދަންނަވަނީއެވެ.

             ނީލަން ކިޔަން ހަމަޖެހިފައިވާތަން:  އެދުރުހިޔާ ގޯތިތެރެ

             ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާގަޑި:  24 އޮކްޓޫބަރ 2024 ވާ އަންގާރަ ދުވަހުގެ 10:15 ގައި

             މައުލޫމާތު ސާފުކުރެއްވުމަށް ގުޅާނެ ނަންބަރު:  6520050

          ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހުނީލަމުގައި.

މިއިއުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މައުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.  ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން
ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލުގެ 11ވަނަ މާއްދާގައިވާ ގޮތުގެ މަތިން ނީލަމުގައި ބައިވެރިވެ ނީލަމުން މުދާ ނަންގަވާ ފަރާތްތަކުން އެ ނީލަން ކާމިޔާބުކުރި އަގު 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ދައްކައި ޚަލާޞް ކުރަންވާނެއެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްކޮށްފައި ނުވާނަމަ، އަދި މުދާ ނުގެންދާ ނަމަ، އެ މުދަލެއް އަލުން ނީލަން ކިޔޭނެއެވެ.   

ވީމާ މިނީލަމުގައި ބައިވެރިވެ ވަޑައިގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ނީލަންކިޔުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

15 އޮކްޓޫބަރު 2024