ދިވެހިރާއްޖެ
އިޢުލާން
މި އިދާރާއަށް ވުޑް ޗިޕިން މެޝިނެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
މިއިދާރާއަށް ބޭނުންވާ 1 ވުޑް ޗިޕިން މެޝިން ސަޕްލައިކޮށްދޭނެ ފަރާތެއްހޯދުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ.
ވީމާ، ވުޑް ޗިޕިން މެޝިނެއް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް 2024 އޮކްޓޯބަރ 22 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން މި އިޢުލާނުގައިވާ "ބިޑް ރަޖިސްޓްރީ ފޯމް" މިއިދާރާގެ މެއިލް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
ވުޑް ޗިޕިން މެޝިން ސަޕްލައިކޮށްދިނުމާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2024 އޮކްޓޯބަރ 24 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އީމެއިލް އެޑްރެހަށެވެ.
ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުން 2024 އޮކްޓޯބަރ 27 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.