ދިވެހިރާއްޖެ
JDS Scholarship 2024 / Japan |
ޖަޕަނީޒް ގްރާންޓް އެއިޑް (ޖޭޑީއެސް) ގެ ފަރާތުން ވަނީ ދިވެހިރާއްޖެއަށް މާސްޓަރސް ޑިގްރީގެ 6 ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލާފައެވެ. މިސްކޮލަރޝިޕްތަކަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރައްވާނީ ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ. އަދި މިސްކޮލަރޝިޕަށް ހޮވޭ ކެންޑިޑޭޓުންގެ ކޯހުގެ ހުރިހާ ޚަރަދެއް ސްކޮލަރޝިޕް ދެއްވާ ފަރާތުން ހަމަޖައްސަވައި ދެއްވާނެއެވެ.
މިސްކޮލަރޝިޕްގެ ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓުންނާއި، ތިރީގައި މިވާ ލިންކް އިން ލިބެން ހުންނާނެއެވެ. އަދި މިފުރުޞަތުތަކަށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 24 ނޮވެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 16:00 އަށެވެ.
/JDS website: https://jds-scholarship.org Email: [email protected] Contact no.: (+960) 725 2007
.................................................................................................................................................................... * މިޕްރޮގްރާމްތަކަށް ހޮވޭ ފަރާތްތަކުން، ޕްރޮގްރާމް ފުރިހަމަކުރަން ފެށުމުގެ ކުރިން އެ ޕްރޮގްރާމެއް ހިންގާ ޔުނިވަރސިޓީ/ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި، ހޮވިފައިވާ ޕްރޮގްރާމަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ.
* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ޕްރޮގްރާމް ހެދުމަށް ހޮވޭ ފަރާތްތަކުން، އެ ޕްރޮގްރާމެއް ފުރިހަމަކުރަން ފެށުމުގެ ކުރިން، ކަމާބެހޭ އިދާރާއަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ ފަދަ ތަންތަނުން) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ، އެ އިދާރާއަކުން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރުކުރެއްވުންވެސް އެދެމެވެ. |