ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2024/82
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 20 އޮކްޓޫބަރު 2024 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޫދު ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކުރުމާއި ބެހޭ:

މި ކޮމިޓީގެ ފަރާތުން ކުރެވުނު އިއުލާން ނަންބަރު (IUL)257/257/2024/71 (30 ސެޕްޓެމްބަރ 2024) އާއި ހަވާލާދީ ދަންނަވަމެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިސްނަގައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކުރެވިފައިވާ ކަމުގައި ދަންނަވަމެވެ. އެގޮތުން މި ޕްރޮގްރާމްގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 20 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ފޯމު ދޫކުރުމާއި ފޯމް ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެންދުރުފަހު 13:00އަށް  މިކައުންސިލް އިދާރާއިންނެވެ. ފޯމާއި އެކު އައިޑީކާޑްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ ކޮމިޓީގެ ރައީސާގެ ފޯނު ނަންބަރާއި (7836117 ) ގުޅުއްވުން އެދެމެވެ.

           ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.   

15 އޮކްޓޫބަރު 2024