ދިވެހިރާއްޖެ
ހއ.ބާރަށު ސިނާޢީ ސަރަޙައްދުން މަހުގެ ބާވަތްތައް އުފެއްދުމާއި، ވިއްކުމުގެ ވިޔަފާރިއަށް ޙާއްސަ 2 ބިން (2000 އަކަފޫޓު) ގެ ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.
ވީމާ ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން، ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. ރަޖިސްޓަރވުމަށް އެދޭ ފޯމު މިއިޢުލާންއާއިއެކު ގެޒެޓުގައި އެޓޭޗުކުރެވިފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމު ހުށަހަޅުއްވާނަމަ ފޮނުއްވާނީ [email protected] އަށެވެ. އީމެއިލް އިދާރާއަށް ލިބުނުކަން ކަށަވަރު ކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. އިޢުލާންއާއިގުޅޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓްރީވާ ފަރާތްތަކަށް ދޫކުރެވޭނެއެވެ. އަދި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެކަމުގައި ދެންނެވީމެވެ.
ބިމަށްއެދޭ ފަރާތްތަކުގެ ހުންނަންޖެހޭ ޝަތުރު:
2.1 ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުންޏެއް ނުވަތަ ޕާޓްނާރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ކަމުގައިވުން.
2.2 މީގެކުރިންވެސް މިފަދަ ބިމެއް ދޫކޮށް، ޤަވާޢިދާއި ޚިލާފުވެގެން ބިން ވަކިކުރި ފަރާތެއްނަމަ، ވަކިކުރިތާ މީލާދީ 1 (އެކެއް) އަހަރު ވެފައިވުން. އަދި އެކަމާއިގުޅިގެން ޚަލާސްކުރަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ، އެފައިސާއެއް ޚަލާސްކޮށްފައިވުން.
ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރުން. |
21 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 11:00 ގެ ކުރިން. |
ޕްރި-ބިޑް ބައްދަލުވުން. |
21 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 13:00 ގައި ބާރަށު ކައުންސިލް އިދާރާގައި. |
ބީލަން ބަލައިގަތުމާއި ހުޅުވުން. |
28 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 13:00 ގައި ބާރަށު ކައުންސިލް އިދާރާގައި. |
ޕްރި-ބިޑް ބައްދަލުވުމުގައި ބައިވެރިވުމަށާއި، ބީލަން ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. ޕްރި-ބިޑް ބައްދަލުވުމުގައި ބައިވެރިނުވިނަމަވެސް ރަޖިސްޓަރކޮށްފައިވާނަމަ ބީލަން ހުށަހެޅޭނެއެވެ. ބީލަންތައް ހުޅުވާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
ވީމާ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
12 ރަބީޢުލްއާޙިރު 1446