ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-MS/304/2024/200
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 23 އޮކްޓޫބަރު 2024 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ދުވާފަރު 57.10 ރަޖިސްޓްރީ ކުރުމާއިބެހޭ:

އިޢުލާން

ރ.ދުވާފަރު ގެތައް ރަޖިސްޓްރީ ކުރުމާއިބެހޭ:

                        ރ.ދުވާފަރު  57.10 ނަންބަރުގޭ ރ. ކަނދޮޅުދޫ، ހުދުފިނިފެންމާގެ، އަލްފާޟިލް މޫސާ ޙަލީމްގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ މިފަރާތްތަކުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ 2024 އޮކްޓޯބަރ 23 ވަނަ ދުވަހުގެ 14:00 ސުންމިނެޓް ގެ ކުރިން މި އިދާރާއަށް އެކަން އެންގެވުން އެދެމެއެވެ.

                        މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ،  އެފަދަ ކަމެއްނެތީ ކަމަށް ބަލައި ރ.ދުވާފަރު  57.10 ނަންބަރުގޭ ރ. ކަނދޮޅުދޫ، ހުދުފިނިފެންމާގެ، އަލްފާޟިލް މޫސާ ޙަލީމްގެ  ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

                        12   ރަބީޢުލްއާޚިރު   1446

                        15    އޮކްޓޯބަރ    2024

15 އޮކްޓޫބަރު 2024