މުބާރާތް
ނަންބަރު: (IUL)305-CB305/305/2024/109
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 12:45
ސުންގަޑި: 22 އޮކްޓޫބަރު 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މޮނިއުމަންޓް ފަރުމާކުރުމަށް ހުޅުވާލުން

މިއިދާރާގެ ނަންބަރު: (IUL)305-CA305/305/2024/102 (29 ސެޕްޓެމްބަރ 2024) އިއުލާނާއި ގުޅިގެން ޑިޒައިން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ އެއިއުލާނު ބާޠިލްކޮށް އަލުން އިއުލާނު ކުރީމެވެ.

       ރ. މާކުރަތު ރަމްޒުކޮށްދިނުމަށް މޮނިއުމަންޓް ފަރުމާކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ފުރުޞަތުގައި ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން 1 ވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި 10،000.00 (ދިހަހާސް ރުފިޔާ) ދިނުމަށްވަނީ ހަމަޖެހިފައެވެ. މިމަސައްކަތް ކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. މޮނިއުމަންޓް ފަރުމާކޮށް ހުށަހަޅުއްވާނީ "ރަށުގެ މޮނިއުމަންޓް ފަރުމާކުރުމުގެ މައުލޫމާތު ކަރުދާސް" ގައިވާ ގޮތަށެވެ.

             ވީމާ، ރަށުގެ މޮނިއުމަންޓް ފަރުމާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ފަރުމާކޮށްފައިވާ ޑިޒަން އީމެއިލް މެދުވެރިކޮށް ނުވަތަ ކައުންސިލް އިދާރައަށް ހުށަހެޅުއްވުން އެދެމެވެ. ރަށުގެ މޮނިއުމަންޓް ފަރުމާކުރުމުގެ މައުލޫމާތު ކަރުދާސް މި އިއުލާނާއެކު އާންމުކުރީމެވެ.

             މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

15 އޮކްޓޫބަރު 2024