މަސައްކަތް
ނަންބަރު: (IUL)KRH/MS/2015/25
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 10:28
ސުންގަޑި: 30 ޖޫން 2015 11:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ހދ.ހަނިމާދޫ ޞިއްޙީ މަރުކަޒުގެ ނަންބަރު:G4463 އެމްބިއުލާންސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: IUL)KRH/MS/2015/15) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކަށް 3 މަސްދުވަސް ވެފައިވާއިރު، ބަޔަކާ މަސައްކަތް ހަވާލު ކުރެވިފައިނުވާތީ، އެ އިޢުލާނާއި، އިޢުލާނާ ގުޅިގެން ލިބިފައިވާ އަންދާސީހިސާބު ބާޠިލުކޮށްފީމެވެ.

ވީމާ، އަލުން މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގރޫމަށް ނުވަތަ ހަނިމާދޫ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • މަޢުލޫމާތު ސާފުކުރުން

    30 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް

  • އަންދާސީހިސާބު ހުށަހެޅުން

   7 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް

މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

6 ރަމަޟާން 1436

23 ޖޫން 2015