މަސައްކަތް
ނަންބަރު: (IUL)KRH/MS/2015/26
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 10:28
ސުންގަޑި: 01 ޖުލައި 2015 11:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދޯނި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ނަންބަރު:G6469 ލަންސިމޫ ދޯނި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު:IUL)KRH/MS/2014/38) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކަށް 3 މަސްދުވަސް ވެފައިވާއިރު، ބަޔަކާ މަސައްކަތް ހަވާލުކުރެވިފައިނުވާތީ، އެ އިޢުލާނާއި، އިޢުލާނާ ގުޅިގެން ލިބިފައިވާ އަންދާސީހިސާބު ބާޠިލުކޮށްފީމެވެ.

ވީމާ، އަލުން މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • މަޢުލޫމާތު ސާފުކުރުން

    1 ޖުލައި 2015 ވާ ބުދަ ދުވަހުގެ 11:00 އަށް

  • އަންދާސީހިސާބު ހުށަހެޅުން

    8 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް

މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

6 ރަމަޟާން 1436

23 ޖޫން 2015