އިޢުލާނު
|
މަޤާމު:
|
ޗައިލްޑް ޕްރޮޓެކްޝަން އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-402562
|
ބޭނުންވާ އަދަދު:
|
1
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
ޕަބްލިކް ސަރވިސް ރޭންކު 5 - ސްޓެޕް 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
-
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ފިޔަވަތި، ހުޅުމާލެ
|
ޔުނިޓް:
|
ޗައިލްޑް ސަރވިސް އެންޑް ޕްރޮގްރާމް ޔުނިޓް
|
މުސާރަ:
|
9,194.00 ރުފިޔާ
|
މަޤާމުގެ އެލަނަވަންސް
|
4,290.00 ރުފިޔާ
|
ހާޟިރީ އިނާޔަތް
|
ހާޒިރުވާ ދުވަހަކަށް 116 ރުފިޔާ
|
އެހެނިހެން އެލަވަންސް
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މަރުކަޒުން ބަލަހައްޓާ ކުދިންނަށް ބޭނުންވާ އަސާސީ ބޭނުންތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
- ސެކްޝަނުގެ ލިޔެކިޔުންތަކާއި ރިޕޯޓްތައް ތަރުތީބުކޮށް ބަލަހައްޓާ ސެކްޝަނުގެ ފައިލިންގ ސިސްޓަމް ގަވާއިދުން ބެލެހެއްޓުން.
- މަރުކަޒުގައި މަސައްކަތް ކުރާ ޗައިލްޑްކެއަރ ވާރކަރުންނާއި ކުދިންބަލަހައްޓާ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުން.
- ކުދިން އުޅޭ ފްލޯތައް ކަނޑައެޅިފައިވާ އުސޫލުން ސްޕަވައިޒް ކުރުމާއި ފްލޯތަކުގެ ކުދިންގެ ހާލަތު މޮނީޓަރ ކުރުމާއި ކުދިންގެ ކަންތައްތަކާ ގުޅޭ ގޮތުންނާއި އިދާރީ ގޮތުން ބާއްވާ ޖަލްސާތަކަށް ގަވާއިދުން ހާޟިރުވުމާއި ޗައިލްޑްކެއަރ ވާކަރުންނާއި ރޭވިފައިވާ ޚަރަކާތްތައް އެކްޝަން ޕްލޭންގައި ހަމަޖެހިފައި ދުވަސް ތަކުގައި ކުރުމާއި ހިޔާގައި ހެދިފައިވާ ޤަވާޢިދުތަކާއި އުސޫލްތަކާއި އެއްގޮތަށް މުޥައްޒަފުންގެ މަސައްކަތުގައި ހަރަކާތްތެރި ކުރުވުން.
- ކޮންމެ ޝިފްޓެއް ނިމުމަށް ފަހުގައިވެސް ދެން ޑިއުޓީއާ ހަވާލުވާ މުވައްޒަފުންނަށް ބްރީފީންގްއެއް ދިނުން.
- ކުދިންނަށް ބޭނުންވާ ތަކެތި ހުސްވުމުގެ ކުރިން މެނޭޖްމަންޓާއި ގުޅިގެން ހޯދުން.
- މަރުކަޒުގައި ބަލަހައްޓާމުންދާ ކުދިންގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ކުދިން ބަލަހައްޓާ މުވައްޒަފުންގެ ޑިއުޓީތައް ރާވާލުމާއި އެ މަޢުލޫމާތުތައް އެ މުވައްޒަފުންނާ ޙިއްސާކޮށް، ކުދިން ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައްކުރުން.
- ސްކޫލަށް ބޭނުންވާ ތަކެތި ކަމާބެހޭ މެނޭޖްމަންޓުގައި އެދިގެން ހޯދުން.
- ސްކޫލުން އަންގާ ބައްދަލުވުންތަކަށް ބެލެނިވެރިންގެ ގޮތުގައި ހާޒިރުވުމާއި ސްކޫލުންދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުން.
- ކުދިންނަށް ކާންދިނުމާއި ކުދިންގެ ކެއުމުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
- މަރުކަޒުގައި ބަލަހައްޓާކުދިން އުޅޭނޫޅޭގޮތް ބަލައި އަދި ރަނގަޅުކުރަންޖެހޭ ފަދަކަމެއް ފާހަގަވެއްޖެނަމަ، ލަސްނުވެ އެކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން.
- މަރުކަޒުގައި އުޅޭ ކުދިން ބޭރަށް ގެންދިއުމުގެ ކަންތައްތައް ބެލެހެއްޓުން.
- މަރުކަޒުގަޔާއި، މަރުކަޒުން ބޭރުގައި އެ ކުދިންގެ ހަރަކާތްތައް ގާތުން ބެލެހެއްޓުން.
- އަބަދުވެސް ހަމަޖެހިފައިވާ އުސޫލުން ކުދިން މަރުކަޒުގައި ތިބިތޯ ކަށަވަރުކުރުން.
- ރަސްމީ އަދި ނުރަސްމީ ގަޑިތަކުގައި އާއި ބަންދުދުވަސްތަކުގައި އޮންކޯލް ޑިއުޓީގައި ތިބުމާއި މިނިސްޓްރީން އަންގައިގޮތެއްގެ މަތިން އޮންކޯލް މަސައްކަތް ކުރުން.
- ސެކްޝަންގެ އަހަރީ ވާރކް ޕްލޭން، ބަޖެޓް، އަހަރު ރިޕޯރޓް ތައްޔާރުކުރުމާއި ދުވަހު ޔައުމިއްޔާ ތައްޔާރުކުރުން.
- ކުއްޖާއަށް ފަރުވާ ދިނުމަށް ކުއްޖަކު ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފި ނަމަ މުވައްޒަފުން އެތަނުގައި ޑިއުޓީ ކުރުމަށް ހަމަޖައްސައި ކުއްޖާ ބެލެހެއްޓުމާއި ކުދިންނަށް ބޭސްދޭންޖެހޭ ގަޑިތަކަށް ޑޮކްޓަރު / މެޑިކަލް އޮފިސަރ ކަނޑައަޅާ ގޮތަކަށް ކުދިންނަށް ބޭސްދިނުމާއި ކުދިންގެ ސިއްޙަތަށް އަންނަ ބަދަލުތައް މޮނީޓަރ ކުރުމާއި ކުދިންގެ ސާފުތާހިރުކަން ބެލެހެއްޓުމާއި އަމިއްލައަށް ސާފުތާހިރުވެ ނޫޅެވޭވަރުގެ ކުދިން ސާފުތާހިރުކޮށް އެކުދިންނަށް ބޭނުންވާ ކަންތައްތައްކޮށްދީ ބެލެހެއްޓުން.
- މަރުކަޒުގައި ތިބޭ ކުދިން އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި، ދިވެހި ސަގާފަތާ އެއްގޮތްވާ ގޮތުގެ މަތިން ތަރުބިއްޔަތުކޮށް، ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުމާއި އިސްލާމީ ރިވެތި އުޞޫލްތަކުގެ މަތިން ކުދިން ބެލެހެއްޓުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔުމާއި ދީނީ ކަންތައްތައް ކުދިންނަށް އުގަންނައިދިނުން އަދި އެކަންތައްތަކަށް ބާރު އަޅައި ކުދިންނަށް އުނގެނޭވަރު ބެލުމާއި ކުދިން ލައްވާ ގަޑިން ގަޑިއަށް ނަމާދު ކުރުވައި، ތާވަލް ކުރެވިފައިވާ ގޮތުގެ މަތިން ޤުރުއާން ކްލާސްތަކަށް ފޮނުވާ އެކަންކަން ބެލެހެއްޓުން.
- ކުދިންނަށް ދީނީ އަދި އަޚްލާޤީ އާދަކާދަ ދަސްކޮށްދިނުން
- މަރުކަޒުގައި ތިބޭ ކުދިން އިންޓަރނެޓް، ލައިބްރަރީ، ގޭމްސްޓޭޝަން ބޭނުންކުރުމުގެ އުޞޫލުއާއި އެއްގޮތަށް މިތަންތަން ކުދިންނަށް ބޭނުންކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާ މޮނީޓަރ ކޮށް ބެލެހެއްޓުން.
- މަރުކަޒުގައި އުޅޭ ކުދިންގެ ހުސްވަގުތު އެކަށީގެންވާގޮތަށް ރާވައި އެކުދިންގެ ހަރަކާތްތަކަށް ބޭނުންވާ އެހީތެރިކަން ހޯދައިދިނުމުގައި ކުދިންގެ ހުސްވަގުތުގައި އެކުދިންނަށް ހެދި ބޮޑުވުމަށް ފައިދާ ހުރި އިތުރު ހަރަކާތްތައް ރާވައި ހިންގުން.
|
މަޤާމުގެ ޝަރުޠުތައް:
|
މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- ކައުންސެލިންގ
- ސައިކޮލޮޖީ
- ސޯޝަލް ސަރވިސަސް
- ސޯޝަލް ވޯރކް
- ސޯޝިއޮލޮޖީ
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
- (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- 6.މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
- (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
- (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 އޮކްޓޫބަރ 2024 ގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ( އުމަރު ޒާހިރު އޮފީސް އިމާރާތް، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected])މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު އަދި އިމްތިޙާނާއި އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ،23 އޮކްޓޫބަރ 2024 އާއި 22 ނޮވެންބަރ 2024 އާއި ދެމެދު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ( އުމަރު ޒާހިރު އޮފީސް އިމާރާތް، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން) 2 ވަނަ ފަންގިފިލާ ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|