ދިވެހިރާއްޖެ
ކުރީގެ އަންހެނުންގެ މިސްކިތް ހުރި ބިން 20 އަހަރު ދުވަހުގެ މުއްދަތަށް ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރުމަށް ކުއްޔަށް ދިނުމަށް މިކައުންސިލްގެ 4 ވަނަ ދައުރުގެ 136 ވަނަ ޖަލްސާއިންވަނީ ނިންމާފައެވެ. އެހެންކަމުން މިބިމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
ޝަރުތު:
މިބިންތަކައް އެދި ހުށަހެޅޭނީ މިރަށުގެ ރައްޔިތުންގެ ތެރެއިން 18 އަހަރު ފުރިފައިވާ މިރަށުގެ ރަޖިސްޓްރީގައި އޮތް މީހުންނަށެވެ. އަދި ރަށުގެ، ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށާއި ކުންފުނި ތަކަށެވެ.
ބިމާއިގުޅޭ މަޢުލޫމާތު:
* ބިމުގެ ބޮޑުމިން: (1284 އަކަފޫޓް)
* ވަށާފާރު: 4 ފޫޓް އުސްމިނުގައި ރާނާފައި
* ބިން އޮތްތަން: ޣާޒީމަގާއި އަސްރަފީ މަގުގުޅޭ، އިރު އުތުރު ކަންމަތި ( އިޢުލާނާއެކު ސަރަހައްދު ޗާޓެއް ޢާއްމު ކުރެވިފައިވޭނެ)
* މިބިމުގައި އެއްވެސް ޢިމާރާތެއް ނެތް.
ބީލަމުގައި ބައިވެރިވުން:
މިބިން ކުއްޔަށް ދޫކުރުމަށް އަގު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ސިޓީލާ ބީލަމު އުސޫލުންނެވެ. މިގޮތުން ބީލަމުގައި ބައިވެރިވެވޭނީ ޑިޕޮސިޓްގެ ގޮތުގައި -/1000ރ ( އެއްހާސް ރުފިޔާ ) ދެއްކުމަށް ފަހުގައެވެ. ޑިޕޮސިޓްގެ ގޮތުގައި ދައްކާ ފައިސާ ބީލަން ނިމުމުން، ބީލަމުގައި ބައިވެރިވި ފަރާތްތަކަށް ދޫކުރެވޭނެއެވެ. ނަމަވެސް ބީލަން ކާމިޔާބު ވުމަށްފަހު، ބީލަން ދޫކޮށްލާނަމަ އެފަރާތެއްގެ ޑިޕޮސިޓް ފައިސާ އަނބުރާ ނުދެވޭނެއެވެ. ފިހާރަ ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އަގުޖައްސަވައި ސިޓީ ފޮނުވަންވާނީ ކޮންމެ ރަސްމީ ދުވަހަކު ހެނދުނު 08:00 އިން 13:00 އަށް މިއިދާރާ އަށެވެ. އަދި ސިޓީއާއިއެކު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ފޮނުވަންވާނެއެވެ. މެއިލް ކުރައްވާނަމަ [email protected] އަށެވެ.
ބީލަން ފެށޭ އަގާއި ބީލަން ކާމިޔާބުކުރުން
މި ބިން ކުއްޔަށް ދޫކުރުމަށް ފެށޭ އަގަކީ މަހު ކުލީގެ ގޮތުގައި އަކަފޫޓަކަށް 1 (އެއް ރުފިޔާ) އެވެ. އިތުރު ކުރެވޭނީ މަދުވެގެން ފަހަރަކު 0.50 ( ފަންސާސް ލާރި ) އެވެ. އަދި ބީލަން ކާމިޔާބު ކުރެވޭނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ، އެއަގެއް ހުށަހެޅި ފަރާތަކަށެވެ. އަދި އެދުވަހެއްގައި ލިބޭ އަގުތައް އެދުވަހުގެ 14:00 ގެ ފަހުން ކައުންސިލްގެ އިދާރާއިން ނޯޓިސް ޢާންމުކުރާ ބޯޑުތަކުގައި ޢާންމުކުރެވޭނެއެވެ. ބީލަން ކާމިޔާބުކުރާ ފަރާތުގެ މަޢުލޫމާތު ކައުންސިލަށް ހުށަހެޅުމަށްފަހު އެފަރާތަކާއިއެކު ކަނޑައެޅިފައިވާ އެއްބަސްވުމުގެ ދަށުން މިބިން ކުއްޔަށް ދޫކުރެވޭނެއެވެ. މިގޮތުން އެއްބަސްވުމުގެ ދަށުން އެޑްވާންސް ޕޭމެންޓްގެ ގޮތުގައި ކުއްޔަށްހިފާ ފަރާތުން 2މަހުގެ ކުލި ދައްކަންޖެހޭނެއެވެ.
ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަމްބަރ 6780034 އަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.