މަސައްކަތް
ނަންބަރު: (IUL)177-A1/1/2015/19
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 29 ޖޫން 2015 11:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ޤައުމީ ފިލްމް އެވޯޑްސް 2015 ގެ ޓްރޮފީ ޑިޒައިން ކުރުމުގެ ފުރުޞަތު

ޤައުމީ ފިލްމް އެވޯޑްސް 2015 މިއަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ފިލްމް އެވޯޑްސްގެ ޓްރޮފީ ޑިޒައިން ކުރުމުގެ ފުރުޞަތު ވަނީ ޢާންމުކޮށް ހުޅުވާލާފައެވެ. އަދި މި ޓްރޮފީގެ އެންމެ ރަނގަޅު ޑިޒައިން ހުށަހަޅާ ފަރާތަކަށް -/5000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ޤައުމީ ފިލްމް އެވޯޑްސް 2015 ގެ ޓްރޮފީ ޑިޒައިން ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މަސައްކަތް

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް

(އޮލިމްޕަސް ކޮމްޕްލެކްސް، ހަނދުވަރުދޭ ހިނގުން)

ހޯމަ

29 ޖޫން 2015

11:00

ޓްރޮފީ ޑިޒައިން ހުށަހެޅުން

ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް

(އޮލިމްޕަސް ކޮމްޕްލެކްސް، ހަނދުވަރުދޭ ހިނގުން)

އާދީއްތަ

05 ޖުލައި 2015

11:00

 

 

 

 

 

 

ނޯޓް: އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.

06 ރަމަޟާން 1436

23 ޖޫން 2015