ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)BAH-AHR/BAH/2024/64
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 21 އޮކްޓޫބަރު 2024 14:00
ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު (ޑެންޓަލް އޮފިސަރ މަޤާމަށް ބިދޭސީންގެ ބަދަލުގައި ދިވެހިން ހޯދުމާއި ގުޅޭ)

މަޤާމު

ޑެންޓަލް އޮފިސަރ

ބޭނުންވާ އަދަދު

02 (ދޭއް)

މަޤާމުގެ ގިންތި

ދާއިމީ

ވަޒީފާއަދާ ކުރަންޖެހޭ ތަން

ބ. އަތޮޅު ހޮސްޕިޓަލް

މަގާމު

ޕަބްލިކް ސަރވިސް ރޭންކް

މަގާމުގެ ޝަރުތުތައް

އަސާސީ މުސާރަ

މަގާމުގެ އެލަވަންސް

ހާޒިރީ އިނާޔަތް

ޑެންޓަލް އޮފިސަރ

ޕަބްލިކް ސަރވިސް ރޭންކް 7

  1. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލްކުރާ ބީ.ޑީ.އެސް ނުވަތަ އެއާ އެއްފެންވަރެއްގެ ޑިގްރީއެއް  ހާސިލްކޮށްފައިވުން. އަދި،
  2. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލްކުރާ މެޑިކަލް / ޑެންޓަލް އިންސްޓިޓިއުޓެއްގައި އިންޓަރންޝިޕް ފުރިހަމަކޮށްފައިވުން.

18,129/-

10,382/-

281/-(މަސައްކަތަށް ހާޒިރުވާ ދުވަހަކަށް)

މަގާމަށް އައްޔަށްންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް (ބޭސިކް) ލައިސަންސް ލިބިފައިވުން.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ބަލިމީހާއާއި އޭނާގެ އާއިލާއާއި ވަހަކަދައްކާ އެކްސްރޭ، ކުޅުގެ ޓެސްޓްތައް ހަދައި ދަތްޕިލައާއި ކަތުރުކަށިގަޑާއި މިތަންތަނާ ގުޅުންހުރި ބައިތަކުގެ ބަލިތަކާ، ހާނިއްކަތަކާ އުފެދުމުގެހުރި އުނިކަންތައްތައް ދެނެގަތުން.
  2. ދަތުގެ ފަރުވާ ހޯދުމަށް އަންނަ މީހާގެ ހާލަތު ދެނެގަތުމުގެ ގޮތުން ހަދަންޖެހޭ ފިޒިކަލް އެގްޒެމިނޭޝަންތައް ހެދުން
  3. ދަތުގެ ފަރުވާ ހޯދުމަށް އަންނަ މީހާގެ ޞިއްޙީ ހާލަތު ދެނެގަތުމުގެ ގޮތުން ބަލިމީހާގެ ފަރާތުންނާއި ބަލިމީހާގެ ޢާއިލާ މެންބަރުންގެ ފަރާތުން އިތުރު މައުލޫމާތު ހޯދުން
  4. ދަތުގެ ފަރުވާދިނުމުގައި ބަލިމީހާއަށް ތަދު އިހުސާސްކުރެވޭ މިންވަރު ކުޑަކުރުމަށް އައްސިކުރުމާއި ޑެންޓިސްޓްރީ ޕްރޮސީޖަރުތަކަށް ފަހު ތަދު މަޑުކުރުމަށް ބޭސްލިޔެދިނުން.
  5. ދަތް އުފުރުމާ ބައޮޕްސީހެދުމާ އޯތޮޑޮންޓިކްސް ފަދަ މެޑިކަލް އޮފަރޭޝަންހިމެނޭ ފަރުވާ ދިނުން.
  6. ދަތުގެ ފަރުވާއަށް ބޭނުންވާ ސްޕޭސް މެއިންޓަނަރސްއާއި ބްރިޖް ފަދަ ތަކެތި ޑިޒައިންކުރުމާއި އެތަކެތި ހެދުމާ ބަލިމީހާގެ އަނގައިގައި ހަރުކުރުމާއި ޑެންޓަލް ޕްރޮސްތެތިކް ޓެކްނިޝަނުންނަށް ބޭނުންވާ ފެބްރިކޭޝަން އިރުޝާދާއި ޕްރިސްކްރިޕްޝަން ލިޔެދިނުން.
  7. ޑެންޓަލް ޕްރޮސްތެސިސް ހެދުމަށް ބޭނުންވާ ސައިޒާއި ބައްޓަން ކަނޑައެޅުމަށް ދަތްޕިލައާއި ކަތުރުކަށިގަނޑުގެ މިންތަކާއި އިމްޕްރެޝަން ނެގުން.
  8. ބަލިހާލަތު ދެނެގަތުމަށް ތަހުލީލުތައް ކުރުމަށް އެންގުމާއި އެ ތަހުލީލުތަކުގެ ނަތީޖާއަށް ބަލައި ފަރުވާ ކުރިއަށް ގެންދިއުން
  9. އަނގައިގެ ބަލިތަކުން ރައްކާތެރިކޮށް ދުޅަހެޔޮކަންދެމެހެއްޓުމަށް ދަތްތަކާ ހިރުގަނޑަށް ފަރުވާދީ އާންމުން ހޭލުންތެރިކުރުވުން.
  10. ހަލާކުވެފައިވާ ދަތާއި ފަނިކައިފަ ހުންނަ ދަތްތައް ރަގަޅުކުރުމަށް އިންޕްލާންޓް، ކްރައުން އަދި ބްރިޖް ރަގަޅުކުރުން އަދި އޯތިޑޮންޓިކްސްފަރުވާ ފަދަ ފަރުވާދިނުން.
  11. ހަރުކޮށްފައިހުންނަ ވައްތަރާއި ނެގޭ ވައްތަރުގެ ޕްރޮސްތެޓިކްސް ބޭނުންކޮށްގެން އަނގައިގެ ބޭނުން ފުރިހަމައަށް ހިފޭނެގޮތްހެދުން.
  12. އަނގައަށްދިމާވާ ޞިއްޙީ މައްސަލަތަކުގެ އަލީގައި ޑައަބެޓިކްސް ފަދަ އާންމުބަލިތައް ދެނެގަތުމަށް އެހީތެރިވުން.
  13. އަނގައިގެ ސާފުތާހިރުކަމާއި ނިއުޓްރިޝަންއާއި އަނގައިގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބަލިމީހާއާއި އާއިލާއަށް މައުލޫމާތުދީ ހޭލުންތެރިކުރުވުން.
  14. ޑެންޓަލް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޑެންޓަލް ހައިޖެނިސްޓުން، ޑެންޓަލް އެއިޑުންނާއި ޓީމުގެ އެހެން މީހުން ސްޕަރވައިޒްކުރުން.
  15. ޑެންޓިސްޓްރީގެ ހިދުމަތްތަކުގައި ގެންގުޅޭ އުސޫލުތަކާ ބެހޭ ދިރާސާތައްކޮށް އެފަދަ މައުލޫމާތު ސައިންޓިފިކް ރިޕޯޓްތަކުގައި ޝާއިއުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx 
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

(ޅ)   މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން ލައިސަންސްގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުތު ހަމަވުން

މަގާމު

ރޭންކް

މާކްސް

ޑެންޓަލް އޮފިސަރ

ޕަބްލިކް ސަރވިސް ރޭންކް 7

25

ޕަބްލިކް ސަރވިސް ރޭންކް 8

30

ތަޖުރިބާ

ޑެންޓަލް އޮފިސަރ

ޕަބްލިކް ސަރވިސް ރޭންކް 7

20

ޕަބްލިކް ސަރވިސް ރޭންކް 8

އިންޓަރވިއު އާއި ޕްރެޒެންޓޭޝަން

ޑެންޓަލް އޮފިސަރ

ޕަބްލިކް ސަރވިސް ރޭންކް 7

50

ޕަބްލިކް ސަރވިސް ރޭންކް

މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 50 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 އޮކްޓޯބަރ 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ބ. އަތޮޅު ހޮސްޕިޓަލުގެ މެއިލް [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. ފޮނުވާ އީ-މެއިލްތައް މިހޮސްޕިޓަލަށް ލިބުމުން ( އީ-މެއިލް ފޮނުވި މެއިލްއަށް މިހޮސްޕިޓަލަށް މެއިލް ލިބުނު ކަމުގެ މެއިލްއެއް ލިބޭނެއެވެ.)

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އޮންނާނީ، 27 އޮކްޓޯބަރ 2024 އާއި 26 ނޮވެމްބަރ 2024 އާ ދެމެދު ބ. އަތޮޅު ހޮސްޕިޓަލުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މިއިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600258 ފޯނު ނަމްބަރަށެވެ. އީ-މެއިލް ކުރާނީ [email protected] މެއިލް އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu)އިން ލިބެން ހުންނާނެއެވެ.

 

15 އޮކްޓޫބަރު 2024