ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)406-esms-a/INDIV/2024/48
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 10:10
ސުންގަޑި: 17 އޮކްޓޫބަރު 2024 13:00
ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮލަމާފުށީ ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް އިންފޮމޭޝަން އެންޑް އާޓްސް އާއި ގުޅިގެން ހިންގޭ އިލެކްޓްރިކަލް ވައިރިންގ ކޯހަށް ބައިވެރިން ހޯދުމާއި ގުޅޭ

                        ކޮލަމާފުށީ ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް އިންފޮމޭޝަން އެންޑް އާޓްސްގެ ގުޅިގެން "ނޭޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރިކަލް ވައިރިންގ" ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމަކީ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންނަށް އަމާޒުކޮށް ހުނަރުވެރި މަސައްކަތެއް ދަސްކޮށްދީ ޕްރޮގްރާމް ފުރިހަމަކުރާ ޒުވާނުންނަށް ޤައުމީ ސަނަދު ލެވެލް 3 ގެ ސެޓްފިކެޓް ލިބޭގޮތަށް ހިންގޭ ޕްރޮގްރާމެކެވެ.

                  ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާގައި ނަން ނޯޓުކުރައްވައި، ބައިވެރިވާ ފަރާތުގެ އައިޑީ ކާޑްކޮޕީ މިއިދާރާގެ ވައިބަރ ނަންބަރ 7340017 އަށް ވައިބަރ ކުރުމަށް ދަންނަވަމެވެ.

                  އިތުރު މަޢުލޫމާތު ސާފްކުރައްވަން ބޭނުންފުޅުވާނަމަ  މިއިދާރާގެ ނަންބަރ 6820017 އާއި ގުޅުއްވުން އެދެމެވެ.   

                         މިހެންވެ މިކަން އާންމުކޮށް އިޢުލާންކުރީމެވެ.                                           

                          12 ރަބީޢުލްއާޚިރު 1446   

                          15 އޮކްޓޯބަރ  2024      

 

15 އޮކްޓޫބަރު 2024