މަސައްކަތް
ނަންބަރު: (IUL)262/262/2024/95
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 21:56
ސުންގަޑި: 27 އޮކްޓޫބަރު 2024 10:30
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޮޅިވަރަންފަރު މިސްކިތް ބިނާކުރާ ބިން ސާފުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވޭ

ހދ.ނޮޅިވަރަންފަރު މިސްކިތް ބިނާކުރާ ބިން ސާފުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވޭ:  

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރެޖިސްޓްރީ ކުރުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމާ، ރަޖިސްޓްރީކުރުމުގެ ސުންގަޑި: ‏22‏ އޮކްޓޯބަރ‏ 2024‏ (އަންގާރަ‏) 10:00 އަށް

ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ލިންކް: https://forms.office.com/r/23mcQitxph

ޕްރީ ބިޑް މީޓިން ‏22‏ އޮކްޓޯބަރ‏ 2024‏ (އަންގާރަ‏) 10:30  އަށް ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމްގައި އޮންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން: ‏27‏ އޮކްޓޯބަރ‏ 2024‏ (އާދީއްތަ‏)     10:30  އަށް

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފްކުރުމަށް ބޭނުންވާނަމަ ‏22‏ އޮކްޓޯބަރ‏ 2024‏ (އަންގާރަ‏) 10:00 ގެ ކުރިން ތިރީގައިވާ އީމެއިލް އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފްކުރެއްވުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:30 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

14 އޮކްޓޫބަރު 2024