ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AB/426/2024/414
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި: 21 އޮކްޓޫބަރު 2024 10:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ސިޓީ ބާޒާރުން ފިހާރަތައް ކުއްޔަށް ދޫކުރުމާއި ގުޅޭ

އިޢުލާން

ސިޓީ ބާޒާރުން ފިހާރަތައް ކުއްޔަށް ދޫކުރުން

އައްޑޫސިޓީ ކައުންސިލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ހިތަދޫ އަވަށުގައި ގާއިމުކޮށްފައިވާ "ސިޓީ ބާޒާރު" ގެ ފިހާރަތަކުން ހުސްވެފައިވާ 7 ނަމްބަރ ފިހާރަ ކުއްޔަށް ދޫކުރުމަށް އިޢުލާންކުރަމެވެ.

އެކި ބާވަތުގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ކުއްޔަށް ދިނުމަށް ނިންމާފައިވާ ސިޓީބާޒާރުގެ ފިހާރަ 7 ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ސިޓީ ބާޒާރުގެ ފިހާރަތައް ކުއްޔަށް ހޯދުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމްސެޓް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން 2024 އޮކްޓޯބަރ 15 ވަނަ ދުވަހުން ފެށިގެން އޮފީސް ހުޅުވިފައި ހުންނަ ގަޑީގައި ލިބިވަޑައިގަންނަވާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުންވެސް މި ފޯމްސެޓް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިންފޮމޭޝަން ސެޝަން  

17 އޮކްޓޯބަރ 2024 ބުރާސްފަތި، 10:00 ހެނދުނު،

ޕްރޮޕޯސަލް ހުށަހެޅުން

21 އޮކްޓޯބަރ 2024 ހޯމަ،  10:00 ހެނދުނު  

 

އިންފޮމޭޝަން ސެޝަން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚްގައި ސިޓީބާޒާރުގައެވެ. ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ އައްޑޫސިޓީ ކައުންސިލްގެ އިދާރާގައެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.

 

11 ރަބީޢުލްއާޚިރު 1446

14 އޮކްޓޯބަރ  2024

14 އޮކްޓޫބަރު 2024