ދިވެހިރާއްޖެ
އިޢުލާން
ށ. އަތޮޅު ވާހަކަ ދެއްކުމުގެ މުބާރާތުގެ ބައިވެރިންގެ ކެއުން ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް 2024 އޮކްޓޯބަރ 24 އިން 26އަށް ބޭއްވުމަށް ހަމަޖެހިފައިވާ ށ.އަތޮޅު ވާހަކަ ދެއްކުމުގެ މުބާރާތުގެ ބައިވެރިންގެ ކެއުންތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ އެންމެހައި ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 14 އޮކްޓޯބަރ 2024 (ހޯމަ) ދުވަހުގެ 14:00 އިން ފެށިގެން 16 އޮކްޓޯބަރ 2024 (ބުދަ) ދުވަހުގެ 14:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
ލިންކް: https://forms.gle/43Hm7GnqEkwJjbRu6
މަޢުލޫމާތު ދިނުން:
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި އަގު ހުށައަޅާ ފޯމް މި އިޢުލާނާއެކު އާންމުކުރެވިފައިވާނެއެވެ. މަޢުލޫމާތު ދިނުމުގެ އެންމެ ފަހު ތާރީޚަކީ 16 އޮކްޓޯބަރ 2024 (ބުދަ) ދުވަހުގެ މެންދުރު 14:00 އެވެ. މައުލޫމާތެއް ހޯދަން ބޭނުންވާފަރާތްތަކަކުން ރަސްމީގަޑީގައި މިއިދާރާގެ ފޯން ނަމްބަރ: 6540041 ގުޅުއްވާ ނުވަތަ މިއިދާރާގެ އީމެއިލް ނަމްބަރ [email protected] ހިއްސާކުރެވުމަށް ދެންނެވީމެވެ.
ބީލަން ހުށަހެޅުން:
ބީލަން ހުޅުވުން އޮންނާނީ 17 އޮކްޓޯބަރ 2024 (ބުރާސްފަތި) ދުވަހުގެ މެންދުރު 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ . ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް، އަދި ލިޔުންތަކާއި ، މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.