ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)297/297/2024/93
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 07 ނޮވެންބަރު 2024 14:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލުން

          މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ދިވެހިރާއްޖޭގެ 44 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވޭ ޙަފްލާގައި ދެވޭ އަންނަނިވި އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވައިލެވިފައެވެ.

  • މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު ( 35 އަހަރުން ދަށް )
  • މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު ( 35 އަހަރުން މަތި )
  • އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާ

          މީގެ ތެރެއިން ކެޔޮޅު އެވޯޑަށް ނަން ހުށަހެޅޭނީ އަމިއްލަ ހައިސިއްޔަތުންނެވެ. އަދި ފަރުމަސްވެރިޔާ އެވޯޑަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅިދާނެއެވެ. މިގޮތުން، މި އެވޯޑުތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ނޮވެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން ކައުންސިލްގެ އިދާރާއަށް ފޯމް ހުށަހެޅުއްވުމަށް ވަނީ ހުޅުވައިލެވިފައެވެ. ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ވުޒާރާގެ ވެބްސައިޓް https://fihseries.gov.mv މެދުވެރިކޮށް ލިބިލައްވާނެއެވެ.

          މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

14 އޮކްޓޫބަރު 2024