މަސައްކަތް
ނަންބަރު: (IUL)438-ECAS/438/2015/160
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 10:22
ސުންގަޑި: 07 ޖޫން 2015 13:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމުގެ ދަޢުވަތު

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމުގެ ދަޢުވަތު

ދިވެހިރާއްޖެ ބައިވެރިވެފައިވާ މުޢާހަދާއެއްކަމަށްވާ "ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ" ގެ ދަށުން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ ހިލޭ އެހީއާއެކު ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ "ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ސްޓެރެޓެޖީއާއި ޢަމަލީ މަޝްރޫޢު" ރިވިއުކޮށް އެޑިޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ޝަރުޠުހަމަވާ ފަރާތްތަކުން 07 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 13:00 ގެކުރިން، ތަޢުލީމީ ފެންވަރާއި މި މަސައްކަތާ ގުޅުންހުރި މަސައްކަތް ކުރުމުގެ ތަޖުރިބާއާއި، ހުނަރާއި ޤާބިލުކަން ސާބިތުކޮށްދޭ ވަނަވަރު އަދި މަސައްކަތުގެ އަގު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮކިޔުމަންޓް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ފޯން: 3018329

ފެކްސް: 3018301

އީމެއިލް: procurement @environment.gov.mv

ވެބްސައިޓް: www.environment.gov.mv

25 ޖޫން 2015