ދިވެހިރާއްޖެ
މިރަށުގައި ވިޔަފާރިތަކަށް ކުލީ ދަނޑު ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލަމެވެ. ބިން ކުއްޔަށް ހިފުމަށް އެދިލައްވާ ފަރާތްތަކުން 2024 އޮކްޓޫބަރ 31 ވަނަ ދުވަހުގެ 13:30 އަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ހުށަހެޅުމަށް އެދޭ ފޯމް މިކައުންސިލްގެ އިދާރާގެ ކައުންޓަރުން ގަންނަން ލިބެން ހުންނާނެއެވެ. ފޯމެއްގެ އަގަކީ -/2000ރ (ދެހާސް ރުފިޔާ)އެވެ. ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 2024 އޮކްޓޫބަރ 15 ވަނަ ދުވަހުން ފެށިގެން 30 އޮކްޓޫބަރ 2024 ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުންނެވެ. އަދި އޮންލައިންކޮށް ފައިސާ ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށްފަހު މިކައުންސިލްގެ އީމެއިލް [email protected] އަށް ފައިސާދެއްކި ސްލިޕް ފޮނުވުމުން މެއިލް މެދުވެރިކޮށް ފޯމް ފޮނުވޭނެއެވެ. ބިން ކުއްޔަށް ނަގާފަރާތަށް ބޭނުންވާ އެންމެހައި މަޢުލޫމާތު ބިޑްފޯމް އާއިއެކު ބިޑް ފޯމް ބައްލަވައިގަންނަ ފަރާތަށް ދޫކުރެވޭނެއެވެ. ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މިއިޢުލާނާއިއެކު އާންމުކުރާ ޗާޓުގައި ފާހަގަކުރެވިފައިވާ ބިމެވެ.
- 69.2.1.1 (ބިމުގެ ބޮޑުމިން 100035 އަކަފޫޓް)
- 69.2.1.2 (ބިމުގެ ބޮޑުމިން 50062.5 އަކަފޫޓް)
- 69.2.1.3 (ބިމުގެ ބޮޑުމިން 50493.5 އަކަފޫޓް)
- 69.2.1.4 (ބިމުގެ ބޮޑުމިން 29374.71 އަކަފޫޓް
ބިޑު ހުށަހަޅުއްވަނީ ކުންފުނި/ ކޯޕަރޭޓިވްސް ވިޔަފާރިއަކުން ނަމަ ބިޑު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ، ކުންފުނި/ ކޯޕަރޭޓިވްސްގެ ލިޔުމެއް އަދި ކުންފުނި/ ކޯޕަރޭޓިވްގެ ރަޖިސްޓްރީ/ޕްރޮފައިލް ޝީޓުގެ ކޮޕީއާއި ބީޕީޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރި/ އަމިއްލަ ފަރުދަކު ބަދަލުގައި މީހަކު ފޮނުއްވައިގެން ބިޑު ހުށަހަޅާނަމަ އެކަން އެނގޭނެ ބިޑުގެ ވެރިފަރާތުގެ ސިޓީއެއް ބިޑްފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި ބަދަލުގައި ހުށަހަޅާނަމަ ކޮންމެފަރާތަކަށް ހުށަހެޅޭނީ ބިމަކަށް އެންމެ ބިޑްފޯމެކެވެ. ކޮންމެ ބިމަކަށް ހުށަހަޅަންވާނީ ވަކި ބިޑް ފޯމެކެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.