ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)327-A/327/2024/264
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 11:21
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ 29 ވަނަ ބިޑުކޮމެޓީ ޖަލްސާގެ ނިންމުން އާންމުކުރުން

 

އިޢުލާން

ތާރީޚް: 14 އޮކްޓޯބަރ 2024

ނަންބަރ: (IUL)327-A/327/2024/264

ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން

                        

ތިރީގައި އެވަނީ 13 އޮކްޓޯބަރ ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2024 ވަނަ އަހަރުގެ 29 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.

 

1)     ނައިފަރު ކައުންސިލަށް ޑަމްޕް ޓްރަކެއް ސަޕްލައިކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ދޮންދީދީ އިން ހުށަހަޅާފައިވާ މައްސަލަ ފޯމާއި ގުޅިގެން، ޕޯޓުތަކަށް ދިމާވާ ކަންކަމާއި މޫސުމީ ކަންކަމުގައި ޝިޕިންގ ޑިލޭވުމަކީ ކޮންޓްރެކްޓަރަށް ބާރު ނުފޯރުވޭ ކަންކަން ކަމަށް ގަބޫލުކުރެވޭތީ އާއި ކޮންޓްރެކްޓަރުގެ އިހުމާލުން ހިނގާ ކަމަކަށް ނުވާތީ އަދި މާލިއްޔަތު ޤަވާޢިދުގައިވެސް އެއްބަސްވުމުގެ މައިގަނޑު ސްކޯޕް ބަދަލުނުވާނެ ގޮތަކަށް، ކޮންޓްރެކްޓަރުގެ އިހުމާލުން ހިނގާ ކަމަކަށް ނުވާކަމަށް ވާނަމަ މުއްދަތު އިތުރު ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާތީ އެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކާއި ގުޅިގެން، 2024 ވަނަ އަހަރުގެ 27 ވަނަ ބިޑްކޮމެޓީ ޖަލްސާއިން މި މައްސަލައާއި މެދު ނިންމާފައިވާ ގޮތަށް މުއްދަތު އިތުރުކޮށްދިނުމަށްބޭނުންވާ އެއްވެސް ކިތާބީ ހެއްކެއް ހުށަހަޅާފައި ނުވާތީވެ، މުއްދަތު އިތުރު ކޮށްދިނުމަށް ނުފެންނަކަމަށް.

2)     ނައިފަރުގައި ތަރައްޤީ ކުރެވެމުންދާ ފުޓްސަލް ދަނޑުގައި ޓާރފް އެޅުމާއި، ކަރަންޓް ވަޔަރުކުރުމާއި ލައިޓްޕޯސްޓްތައްހަދާ ހަރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ޓީ.އޭ.ސީ ކޮންސްޓްރަކްޝަން އިން މުއްދަތު އިތުރުކޮށްދިނުމަށް އެދި ފޮނުވާފައިވާ ސިޓީއާއި ގުޅިގެން، ނައިފަރު ކައުންސިލާއިއެކު ވެވިފައިވާ ނަންބަރު (AGR)327-A/PRIV/2024/60 އެއްބަސްވުމުގެ 7 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ތަކެތި ކައުންސިލަށް ލިބޭ ގޮތަށް މަސައްކަތް ރާވާހިންގުމަކީ ޓީ.އޭ.ސީ ކޮންސްޓްރަކްޝަންގެ މަސްޢޫލިއްޔަތަކަށްވާތީ، އަދި މުއްދަތު އިތުރުކޮށްދިނުމަށްބޭނުންވާ އެއްވެސް ކިތާބީ ހެއްކެއް ހުށަހަޅާފައި ނުވާތީވެ، މުއްދަތު އިތުރު ކޮށްދިނުމަށް ނުފެންނަކަމަށް.

3)     ޅ.ނައިފަރުގައި ތަރައްޤީކުރާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ތަކެތި ހޯދުމަށް 4 ވަނަ ފަހަރަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/249 އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅާފައިވާ ފަރާތަކުން ބީލަން އަލުން އިވެލުއޭޓްކޮށްދިނުމަށް އެދި މައްސަލަފޯމް ހުށަހަޅާފައިވާތީވެ 6 އޮކްޓޯބަރ 2024 ގައި ބޭއްވުނު 2024 ވަނަ އަހަރުގެ 28 ވަނަ ޖަލްސާގެ އެޖެންޑާ ނަންބަރު 2 އާއި ގުޅިގެން ނިންމުން މުރާޖަޢާ ކުރުމަށް ހުށަހަޅާފައިވާ މައްސަލަ އިތުރަށް ދިރާސާކުރުމުން ހުށަހަޅާފައިވާ ބީލަންތަކުގެ ތެރެއިން ބަޖެޓަށްފެތޭ ބީލަންތަކުގެ، ލިޔެކިއުންތައް ފުރިހަމަ ނުވާކަމަށް ފާހަގަކުރެވިފައިވާތީވެ، މި ބީލަން ބާތިލްކޮށް އަލުން އިޢުލާންކުރަން ފެންނަކަމަށް.

 

4)     ނައިފަރު ކައުންސިލުންދޭ ކުރެހުމާއި އެއްގޮތަށް ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި އިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް  ކުރެވުނު ނަންބަރު (IUL)327-A/327/2024/247  އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅާފައިވާ ފަރާތަކުން ބީލަން އަލުން އިވެލުއޭޓްކޮށްދިނުމަށް އެދި މައްސަލަފޯމް ހުށަހަޅާފައިވާތީވެ 6 އޮކްޓޯބަރ 2024 ގައި ބޭއްވުނު 2024 ވަނަ އަހަރުގެ 28 ވަނަ ޖަލްސާގެ އެޖެންޑާ ނަންބަރު 4 އާއި ގުޅިގެން ނިންމުން މުރާޖަޢާ ކުރުމަށް ހުށަހަޅާފައިވާ މައްސަލަ އިތުރަށް ދިރާސާކުރުމުން ހުށަހަޅާފައިވާ ބީލަންތަކުގެ އިވެލުއޭޓްކުރުމުގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީވެ،  އެމައްސަލައާއި ގުޅިގެން ނިންމާފައިވާ ނިންމުން ބާތިލްކޮށް އިވެލުއޭޝަންތައް އިސްލާޙްކުރުމަށްފަހު އަލުން ބިޑްކޮމެޓީއަށް ހުށަހެޅުމަށް ފެންނަކަމަށް.

 

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

14 އޮކްޓޫބަރު 2024