ބީލަން
ނަންބަރު: (IUL)386/386/2024/72
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 05 ނޮވެންބަރު 2024 10:00
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ގުރައިދޫ ކުނި މެނޭޖު ކުރުމުގެ މަސައްކަތަށް އެކްސްކަވޭޓަރެއް ގަތުން

     އިޢުލާން ނަންބަރު:  (IUL)386/386/2024/72   

      ޕްރޮޖެކްޓް ނަންބަރު: 06/2024  

 

އިޢުލާން

 

ތ.ގުރައިދޫ ކުނި މެނޭޖުކުރުމުގެ މަސައްކަތަށް އެކްސްކަވޭޓަރެއް ގަތުން

ތ. ގުރައިދޫ ކުނި މެނޭޖުކުރުމުގެ މަސައްކަތަށް އެކްސްކަވޭޓަރެއް ގަތުމަށް ބޭނުންވާތީ، މިކައުންސިލްގެ ނަންބަރު (IUL)386/386/2024/66 (10 ސެޕްޓެންބަރު 2024) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލްކޮށް އެކްސްކަވޭޓަރ ވިއްކަން ޝަޢުޤްވެރިވާ ފަރާތްތަކަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

              ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

              މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 23 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގައި ބިޑް ރަޖިސްޓްރީ ކުރައްވަން ވާނެއެވެ.

              ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 24 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 24 އޮކްޓޫބަރު 2024 ވަނަދު ވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

އެޑްރެސް: ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

ފޯން: 6780715

އީމެއިލް އައިޑީ:   [email protected]

ބީލަން ހުޅުވުން އޮންނާނީ  05 ނޮވެންބަރު 2024 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ރަބީޢުލްއާޚިރް 1446

14 އޮކްޓޫބަރު 2024

 

                                                                            މަޢުރޫފް އަޙްމަދު

                                                                           ސެކްރެޓަރީ ޖެނެރަލް

14 އޮކްޓޫބަރު 2024