ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)352/352/2024/64
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 21:42
ސުންގަޑި: 01 ޖަނަވަރީ 1970 05:00
އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ވަށައިގެންވާ ހުސްބިންތައް ބޭނުން ކުރުމާއި ކުއްޔަށް ދިނުމާއިގުޅޭ އުޞޫލު

ރަށުގެ ވަށައިގެންވާ ހުސްބިންތައް ބޭނުން ކުރުމާއި ކުއްޔަށް ދިނުމާއިގުޅޭ އުޞޫލެއް ނެތުމުން އެފަދަ އުޞޫލެއް މިކައުންސިލުން  އެކުލަވާ ލުމަށްފަހު އެއުޞޫލު މިރަށުގެ ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބޭއްވުނު ބައްދަލުވުމަކަށް ހުށަހަޅާއި އުޞޫލަށް ރައްޔިތުންގެ ފަރާތުން ހުށަހެޅި އިސްލާޙު ތަކާއެކު، "ރަށުގެ ވަށައިގެންވާ ހުސްބިންތައް ބޭނުންކުރުމާއި ކުއްޔަށް ދިނުމާއިގުޅޭ އުޞޫލު" މިކައުންސިލްގެ 04 ވަނަ ދައުރުގެ 2024/125 ( 03 ސެޕްޓެމްބަރ 2024 ) ޢާއްމު ޖަލްސާއަށް ހުށަހަޅާއި އެޖަލްސާގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ.

ވުމާއެކު، މިއުޞޫލު 13 އޮކްޓޫބަރ 2024 ދުވަހު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވާތީ، 13 އޮކްޓޫބަރ 2024 ދުވަހުން ފެށިގެން އުޞޫލަށް ޢަމަލު ކުރަމުން ގެންދާނަމެވެ.

ވީމާ، މިއިޢުލާނާއިއެކު "ރަށުގެ ވަށައިގެންވާ ހުސްބިންތައް ބޭނުންކުރުމާއި ކުއްޔަށް ދިނުމާއިގުޅޭ އުޞޫލު" ޢާއްމުކޮށް، މިއުޞޫލަށް ޢަމަލު ކުރަމުން ގެންދާނެކަން ޢާއްމުކޮށް ރައްޔިތުންނަށް އަންގަމެވެ.  

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާނު ކުރީމެވެ. 

13 އޮކްޓޫބަރު 2024