ޢާންމު މަޢުލޫމާތު
ނަންބަރު: (A)CA-2015/152
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 25 ޖޫން 2015 13:45
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
2015 އޮގަސްޓު 1 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 9 ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

މި ކޮމިޝަންގެ ނަންބަރު: (A)CA-2015/123,124,125,126,127,128,129,130,131 (9 އެޕްރީލް 2015)  މި 9 އިޢުލާނަށް ހަވާލާދީ ދަންނަވަމަވެ.

2015 އޮގަސްޓު 1 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހއ. ދިއްދޫ ކައުންސިލާއި، ހއ. މުރައިދޫ ކައުންސިލާއި، ހދ. ނާވައިދޫ ކައުންސިލާއި،    ށ. ކަނޑިތީމު ކައުންސިލާއި، ނ. ހެނބަދޫ ކައުންސިލާއި، ކ. މާފުށީ ކައުންސިލާއި، ތ. މަޑިފުށީ ކައުންސިލާއި، މ. އަތޮޅު ކައުންސިލް (ދިއްގަރު ދާއިރާ) ގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ މުއްދަތު، 2015 ޖޫން 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:45 އާ ހަމައަށް އިތުރު ކޮށްފީމެވެ. މިގޮތަށް ހަމަޖެއްސީ މި ބައި-އިލެކްޝަންތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް އިތުރު ވަގުތު ބޭނުންވާކަމަށް މި ކޮމިޝަނަށް ފެންނާތީއެވެ.

ވީމާ، މިވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

5 ރަމަޟާން 1436

22 ޖޫން 2015