މަސައްކަތް
ނަންބަރު: (IUL)320-ADHR/320/2024/131
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:55
ސުންގަޑި: 15 އޮކްޓޫބަރު 2024 13:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓަރ 2024" ފުޓްސަލް މުބާރާތުގައި އޭދަފުށީ ފުޓްސަލް ޓީމަށް ކޯޗު ކަން ކޮށްދޭ ފަރާތަށް ކައްކާ ކާންދިނުމުގެ މަސައްކަތުގެ އަގު ( ކޯޓޭޝަން ) ހުށަހެޅުމަށް ހުޅުވާލުން

މި އިޢުލާންވަނީ 15 އޮކްޓޫބަރު 2024 13:54 ގައި ބާތިލް ކުރެވިފައެވެ.


ބ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން 2024 ނޮވެމްބަރ 01 ން 2024 ނޮވެމްބަރ 11 ގެ ނިޔަލަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ "ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓަރ 2024" ގައި ބ.އޭދަފުށީ ފުޓްސަލް ޓީމަށް ކޯޗުކަން ކޮށްދޭ ފަރާތަށް 2024 އޮކްޓޯބަރ 16 ން 2024 ނޮވެމްބަރ 11 އަށް 3 (ތިނެއް) އިރު ކައްކާ ކާންދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިކަމަށް އެދި ކޯޓޭޝަން ހުށަހަޅުއްވާއިރު ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ކޯޓޭޝަންއެކެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ކޯޓޭޝަންތައް ބަލައި ގަނެވެން ނެތްކަމަށާއި، އަދި މަޢުލޫމާތު ފުރިހަމަ ނުވާ ކޯޓޭޝަންތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

           ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2024 އޮކްޓޯބަރ 15 ވާ އަންގާރަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ.

13 އޮކްޓޫބަރު 2024