ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)333/333/2015/52
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 02 ޖުލައި 2015 12:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރްއާން ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޤުރްއާން ޓީޗަރ

ބޭނުންވާ އަދަދު:

1 (އެކެއް)

އިދާރާ:

މާލެ އަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތުލުސްދޫ ކައުންސިލްގެ ޤުރްއާން ކްލާސް / ކ. ތުލުސްދޫ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ވަޒީފާގެ މުއްދަތު:

1 އަހަރުުވަސް (3 މަސްދުވަހުގެ ގްރޭސް ޕީރިއަޑާއެކު، މި މުއްދަތުގައި ވަޒީފާ އަދާކުރާ ފެންވަރަށް ބެލުމަށްފަހު، މަސައްކަތަށް ރަނގަޅުނަމަ، އަހަރުން އަހަރަށް ކޮންޓްރެކްޓް އާކުރެވޭނެ)

މުސާރައާއި ޢިނާޔަތް:

  • މަޤާމުގެ އަސާސީ މުސާރައާއި ސަރވިސް އެލަވަންސް
  • އެޑިއުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް
  • ރަމަޟާންމަހުގެ އެލަވަންސް) (ސަރުކާރުން ހަމަޖައްސަވާ އަދަދު)
  • ރަށުން ބޭރު ފަރާތެއްނަމަ، ލިވިންގ އެލަވަންސްގެގޮތުގައި މަހަކު 2500.00 ރުފިޔާ
  • އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު  މަސްއޫލިއްޔަތު:

  1. ޤުރްއާން ކްލާހަށް ވަންނަ ކުދިންނަށް (ބޭބީ ނާސަރީން ފެށިގެން ގްރޭޑް 10 އާ ދެމެދުގެ އުމުރުފުރައިގެ ކުދިންނަށް) ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރްއާނުގެ ޢިލްމު އުނގަންނައިދިނުމާއި، އެކަމާ ގުޅޭ ކަންކަން ބެލެހެއްޓުން.
  2. ތަޖުވީދުގެ ބައިތައް ކިޔަވައިދިނުން.
  3. ކަނޑައެޅިފައިވާ ޓައިމްޓޭބަލާ އެއްގޮތްވާގޮތުގެމަތިން ކްލާސްތަކުގައި ކިޔަވައިދިނުން.
  4. ކިޔަވައިދިނުމަށްޓަކައި ބޭނުންކުރާ މެޓިރިއަލް ތައްޔާރުކުރުން.
  5. ދަރިވަރުންގެ ޢިލްމީ ޤާބިލްކަން އިތުރުކުރުމަށް އިންތިޒާމުކުރެވޭ އިތުރު ހަރަކާތްތައް ރޭވުމާއި ހިންގުން.
  6. ދަރިވަރުންގެ ފެންވަރު މަތިކުރުމުގެގޮތުން ހަރަކާތްތައް ރާވައި ހިންގުމާއި އެކަންކަމުގެ ރިކޯޑް ބެލެހެއްޓުން.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތެއްގެ މަޤާމް ހަމަޖައްސާނީ، ތިރީގައިމިވާގޮތަށް އެ ފަރާތަކަށް ލިބިފައިވާ ސެޓްފިކެޓެއްގެ ލެވެލަށް ބަލައިގެންނެވެ.                   

މަޤާމް

މަޤާމުގެ ރޭންކް

މަޤާމުގެ

ކްލެސިފިކޭޝަން

މަޤާމުގެ

ޝަރުޠު

އަސާސީ

މުސާރަ

ސަރވިސް

އެލަވަންސް

ޓްރެއިންޑް ޓީޗަރ

GS4

ޓީޗިންގ ސަރވިސް އޮފިސަރ 1

ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.

-/5،020 ރުފިޔާ

-/2،500 ރުފިޔާ

ޓްރެއިންޑް ޓީޗަރ

MS1

ޓީޗިންގ ސަރވިސް އޮފިސަރ 2

ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.

-/5،610 ރުފިޔާ

-/2،500 ރުފިޔާ

ގްރެޖުއޭޓް ޓީޗަރ

MS2

ޓީޗިންގ ސަރވިސް އޮފިސަރ 3

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗިލާރސް ޑިގްރީއެއް

ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.

-/6،295 ރުފިޔާ

-/2،500 ރުފިޔާ

ކޮލިފައިޑް ޓީޗަރ

MS3

ޓީޗިންގ ސަރވިސް އޮފިސަރ 4

- ކިޔަވައިދިނުމުގެ ރޮނގުން ބެޗިލާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗިލާރސް ޑިގްރީއެއް

އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ނުވަތަ

ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ

މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

-/7،035 ރުފިޔާ

-/2،500 ރުފިޔާ

ކޮލިފައިޑް ޓީޗަރ

MS4

ޓީޗިންގ ސަރވިސް އޮފިސަރ 5

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ

ރޮނގުން ބެޗިލާރސް ޑިގްރީއެއް އޮތުމާއެކު، ތަޢުލީމީ ދާއިރާއިން އިތުރު

ބެޗެލާރސް ޑިގްރީއެއް ނުވަތަ ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓެއް ނުވަތަ ޕޯސްޓް

ގްރެޖުއޭޓް ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ

ރޮނގުން މާސްޓަރސް ޑިގްރީއެއް  (ބެޗެލާރސް ޑިގްރީއެއް ނެތި) އޮތުމާއެކު،

ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ނުވަތަ ޑިޕްލޮމާއެއް

ހާސިލުކޮށްފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ

މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

-/7،875 ރުފިޔާ

-/2،500 ރުފިޔާ

ކޮލިފައިޑް ޓީޗަރ

EX1

ޓީޗިންގ ސަރވިސް އޮފިސަރ 6

- ކިޔަވައިދިނުމުގެ ރޮނގުން ބެޗިލާރސް ޑިގްރީއެއް އޮތުމާއެކު، ތަޢުލީމީ

ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން

މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗިލާރސް ޑިގްރީއެއް

އަދި ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓެއް ނުވަތަ އެއަށްވުރެ

މަތީ ފާހެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ

މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް

ހާސިލުކޮށްފައިވުން. ނުވަތަ؛

-  ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ

މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

-/8،835 ރުފިޔާ

-/2،500 ރުފިޔާ

ކޮލިފައިޑް ޓީޗަރ

EX2

ޓީޗިންގ ސަރވިސް އޮފިސަރ 7

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތަޢުލީމީ

ދާއިރާއިން ޑޮކްޓޯރަލް ޑިގްރީއާއި ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް

ސެޓްފިކެޓް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން. ނުވަތަ؛

-  ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ

މަޤާމުގައި މަދުވެގެން  އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

-/9،890 ރުފިޔާ

-/2،500 ރުފިޔާ

ސީނިއަރ ޓީޗަރ

EX3

ޓީޗިންގ ސަރވިސް އޮފިސަރ 8

-  ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ

މަޤާމުގައި މަދުވެގެން  އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

-/11،065 ރުފިޔާ

-/2،500 ރުފިޔާ

ސީނިއަރ ޓީޗަރ

EX4

ޓީޗިންގ ސަރވިސް އޮފިސަރ 9

- ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ

މަޤާމުގައި މަދުވެގެން  އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

-/12،400 ރުފިޔާ

-/2،500 ރުފިޔާ

ސީނިއަރ ޓީޗަރ

EX5

ޓީޗިންގ ސަރވިސް އޮފިސަރ 10

- ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ

މަޤާމުގައި މަދުވެގެން  އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

-/13،890 ރުފިޔާ

-/2،500 ރުފިޔާ

ސީނިއަރ ޓީޗަރ

EX6

ޓީޗިންގ ސަރވިސް އޮފިސަރ 11

- ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ

މަޤާމުގައި މަދުވެގެން  އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

-/15،560 ރުފިޔާ

-/2،500 ރުފިޔާ

އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް:

މުސާރައިގެ އިންސައްތަ

ސަނަދު

30%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން.

25%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް އޮތުން.

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން.

15%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން.

10%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް އޮތުން.

 

ވަޒީފާއަށް އެންމެ ޤާބިލުމީހަކު ހޮވުމަށް ބެލޭނެކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3.  މަސައްކަތު ހުނަރާއި ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއު ކުރުން:

  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް  ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމެޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ،  ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް ބާއްވާ އިންޓަވިއު ހަމަޖެހިފައިވާ ތަނާއި ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 5 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

ހުށަހަޅަންޖެހޭ  ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ (އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއެކުގައެވެ.)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ފޯނު ނަންބަރާއެކު)

5. ސިވިލްސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ، މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤް ހުރިގޮތް ބަޔާންކުރާ ފޯމް"

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާއަށެވެ.

ތަކެތިހުށަހެޅުމުގެ ސުންގަޑި:

2015 ޖުލައި 2 ވާ ބުރާސްފަތި ދުވަހުގެ 12:00

ނޯޓް:

- މި މަޤާމަށް، ޤާރީކޯހުގެ ސެޓްފިކެޓް ލެވެލް 4 ގެ ސެޓްފިކެޓް ހާސިލުކޮށްފައިވާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެއެވެ.

- މި މަޤާމަށް، މަތީގައިވާ ޝަރުޠު ފުރިހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ތިރީގައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް، ކޮންޓްރެކްޓެއްގެދަށުން ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރައްވާ، ޤާރީ ކޯހުގެ ސެޓްފިކެޓް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރައްވާ، ޤާރީކޯހުގެ ސެޓްފިކެޓް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރައްވާ، ޤާރީކޯހުގެ ސެޓްފިކެޓް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ގްރޭޑް 10 ނިންމާފައިވުން ނުވަތަ ގްރޭޑް 7 ނިންމާފައިވުމާއެކު، މާއްދާއާ ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު؛

  • ޤުރްއާން ކިޔެވުމުގެ ބައިނަލްއަޤްވާމީ މުބާރާތެއްގައި ރާއްޖެ ތަމްސީލުކޮށްފައިވުން. ނުވަތަ؛
  • ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ގަދަ 10 ވަނައިގައި ހިމެނިފައިވުން. ނުވަތަ؛
  • ޤުރްއާން ކިޔެވުމުގެ އަތޮޅު މުބާރާތުގެ ގަދަ 5 ގައި ހިމެނިފައިވުން.

މިގޮތުން ޝަރުޠު ހަމަވާ ފަރާތަށް ދެވޭ މުސާރައާއި ޢިނާޔަތްތައް: މުސާރައިގެގޮތުގައި މަހަކު 5020.00 ރުފިޔާ، ސަރވިސް އެލަވަންސްގެގޮތުގައި މަހަކު 1000.00 ރުފިޔާ، ރަށުން ބޭރު ފަރާތެއްނަމަ ލިވިންގ އެލަވަންސްގެގޮތުގައި މަހަކު 2500.00 ރުފިޔާ، އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުފައިސާ (ސަރުކާރުން ކަނޑައަޅާ އަދަދު)   

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6640183 ނަންބަރު ފޯނާއެވެ. ފެކުހާއި އީމެއިލުން ފޮނުވާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

30 ޝަޢުބާން 1436

17 ޖޫން 2015