ދިވެހިރާއްޖެ
މި ކޮމެޓީއިން ބޭއްވުމަށް ނިންމާފައިވާ " ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް 2024" ގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި މުބާރާތް ކުރިއަށް ގެންދެވޭ ވަރަށް ޓީމްތައް ހަމަވެފައިނުވާތީ، މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މިމުބާރާތް ބޭއްވުމަށް ނިންމާފައިވަނީ، 2024 އޮކްޓޫބަރ 20 ވާ އާދިއްތަ ދުވަހުއެވެ. މިމުބާރާތުގައި ބައިވެރިވެވޭނީ އިހަވަންދޫއަށް ނިސްބަތްވާ ޓީމްތަކަށާއި މި ކޮމެޓީއިން މުބާރާތުގައި ބައިވެރިވުމަށް ދައުވަތު އެރުވޭ ރަށު ކައުންސިލް/ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ކަމުގައިވެސް ދަންނަވަމެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން 17 އޮކްޓޫބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުން އެދެމެވެ. ދެންނެވިފައިވާ ތާރީޚަށްވުރެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ. ވީމާ، މުބާރާތުގެ ޤަވާއިދާއި ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިއުލާނާއެކު އާންމުކޮށް އިޢުލާންކުރީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް: https://forms.office.com/r/cHWH8vC1xr?origin=lprLink
ޓީމް ލިސްޓް ހުށައަޅާ ފޯމް: https://forms.office.com/r/VSvEvjhrq0?origin=lprLink
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.